ގާޒާއަށް ކާނާއާއި، ތެލާއި، ބޭސް އެތެރެކުރުން އިސްރާއީލުން މަނާކޮށްފި

ގާޒާއަށް ކާނާއާއި، ތެލާއި، ބޭސް އެތެރެކުރުން އިސްރާއީލުން މަނާކޮށްފި

ގާޒާއަށް އުދުވާނީ ހަމަލާދެމުންދާ އިސްރާއީލުގެ އަސްކަރިޔާއިން، ގާޒާއަށް ތެލާއި ކާނާއާއި ބޭސް އެތެރެކުރުން މަނާކޮށް، ގާޒާ ސްޓްރިޕް ބަންދު ކޮށްފިއެވެ.

މިހަފްތާގެ ހޯމަދުވަހު އިސްރާއީލުން ބުނެފައިވަނީ މުޅި ގާޒާ ބަންދުކޮށް، ކަރަންޓާއި، ކާނާއާއި، އަދި ތެޔޮ ގާޒާއަށް އެތެރެކުރުން މަނާކުރެވިގެން ދާނެ ކަމުގައެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ގާޒާގެ މަގުމަތިން މިހާރު ފެންނަމުންދަނީ އިސްރާއީލުގެ ހަމަލާތަކުގައި ފުނޑުފުނޑު ވެފައިވާ އިމާރާތްތަކުގެ ބައިތަކެވެ.

ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ގާޒާއަކި 2.3 މިލިން މީހުން އާބާދީއެއް އޮންނަ ސިޓީއެކެވެ. މީގެ ތެރެއިން %80 މީހުން ބަރޯސާވަނީ ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުން ލިބޭ އިންސާނީ އެހީތެރިކަމަށެވެ.

މިގޮތުން ގާޒާ ސިޓީއަކީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވެރިކަންކުރާ ސިޓީއެއް ނަމަވެސް އެ ސިޓީގެ އައްސޭރުފަށާއި އަދި ވައިގެ ސަރަހައްދު ކޮންޓްރޯލް ކުރަމުންދަނީ އިސްރާއީލުންނެވެ. އަދި ގާޒާގެ ބޯޑަރުތައް ހުރަސްކޮށް އެ ސިޓީއަށް އެތެރެވާ މީހުންނާއި އަދި ތަކެތިވެސް އެތެރެ ކުރެވެނީ އިސްރާއީލުގެ ހުއްދަ ލިބިގެންނެވެ.

އެހެންނަމަވެސް ގާޒާގެ ވަށައިގެން އިން ބޯޑަރު ސަރަހައްދުތަކުގެ ތެރެއިން މިސްރުން ހިއްސާކުރާ ބޯޑަރުގެ ސަރަަހައްދު ބަލަހައްޓަމުންދަނީ މިސްރުގެ ސަރުކާރުންނެވެ. ފަލަސްތީނުގެ މުވައްސަސާތަކުން ހާމަކޮށްފައިވާ ގޮތުގައި ގާޒާގައި މިހާރު ހުރި ތެލުން ފުއްދާލެވޭނީ ކުރިޔަށް އޮތް 24 ގަޑިއިރާއި 72 އިރަށެވެ. އަދި ޔޫއެންގެ އިންސާނީތެރިކަން ފޯރުކޮށް ޖަމާއަތްތަކުން އިންޒާރު ދީފައިވާ ގޮތުގައި ގާޒާގައި މިހާރު ކުރިން ފުއްދާލެވޭނީ މަދުކޮ ދުވަސް ކޮޅަކަށެވެ.

ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ބަލައިގެންފައިވ ޔޫއެންގެ އަސާސީ ގަވާއި ބުނާގޮތުން ހަނގުރާމާއިގެ ހާލަތުގައި ބޭހާއި، ކަރަންއި ކާނާއިން މީހުން މަހުރޫމް ކުރުމަކީ ލާއިންސާނީ ޖަރީމާއކެވެ.

ހިޔާލުފާޅު ކުރައްވާ!