ސިޔާދަތަށް އުނިކަމެއް ނާންނާނެ ގޮތަށް ތަރައްގީ ގެންނާނަން: ރައީސް

ސިޔާދަތަށް އުނިކަމެއް ނާންނާނެ ގޮތަށް ތަރައްގީ ގެންނާނަން: ރައީސް

Author
އަހުމަދު
03 ނޮވެމްބަރ 2026 11:23
0

 

ކޮންމެ ދިވެއްސަކަށްވެސް ތަރައްގީ ލިބުމުގެ ހައްގު ލިބިގެންވާ ކަމަށާއި، މުޅި ގައުމުގެ މާލީ ހާލަތަށް ހެޔޮ އަސަރު ކުރާނެ އިންގިލާބީ ބަދަލުތަކަށް ކުރިމަތިލާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މި ވާހަކަ ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެހެން ގައުމުތައް ކުރިއަރާ ދާ ތަން ހަމައެކަނި ބަލަން ތިބުމުގެ ބަދަލުގައި ގައުމީ ފިކުރު ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، ގައުމިއްޔަތާއި ސިޔާދަތަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ގޮތަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ ރައްޔިތުން އެދޭ ތަރައްގީ ގެނައުމަށް ދައުލަތަށް ފުދުންތެރިކަން ލިބި، ރާއްޖޭގެ އިގްތިސާދު ވަރުގަދަވެ، އިގްތިސާދީ މިނިވަންކަން ހޯދުމެވެ. ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ރާއްޖެ ހަލުވިކޮށް ވައްދާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދިވެހިންގެ މާނަވީ އަދި މާއްދީ ތަރައްގީއަށް އެއްވަރަށް އިސްކަންދީގެން ރާއްޖެ ތަހުޒީބު ގައުމަކަށް ހެދޭނެ ކަމަށާއި، ކުރިއެރުމަކީ ގައުމުގެ އިއްޒަތާއި ކަރާމާތް އުފުލޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ އިސްލާމީވަންތަކަމާއި މިނިވަންކަމާއި އަމިއްލަވަންތަކަމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.