ރާއްޖެ-ޗައިނާ ގުޅުމުގެ ބިންގާއަކީ ސިޔާސީ އިތުބާރު: ސަފީރު

ރާއްޖެ-ޗައިނާ ގުޅުމުގެ ބިންގާއަކީ ސިޔާސީ އިތުބާރު: ސަފީރު

Author
އަހުމަދު
28 އޮކްޓޯބަރ 2026 02:04
0

 

ރާއްޖެއާއި ޗައިނާގެ ގުޅުން ދެމެހެއްޓުމަށް އެންމެ މުހިންމީ ދެ ގައުމުގެ މެދުގައި އޮންނަ ސިޔާސީ އިތުބާރު ކަމަށް ރާއްޖެއަށް ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2026″ ގެ ތެރެއިން ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުގައި، ސިނަމާލެ ބްރިޖުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އައިކަން ސަފީރު ފާހަގަކުރައްވައި، މުސްތަގްބަލަށްޓަކައި އެކުވެރިކަމުގެ އައު ފާލަމެއް ބިނާކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ޗައިނާ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ފުރިހަމަ އިސްތިރާތީޖީ ބައިވެރިވުމެއްގެ ދަރަޖައަށް މަތިކުރެވުމުން، އެ ގުޅުމުގެ ބިންގާ އިތުރަށް ވަރުގަދަވި ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ސްމާޓް ގްރީންހައުސްތަކާއި ހައިޑްރޯޕޯނިކްސް މެދުވެރިކޮށް ދަނޑުވެރިކަން ކުރިއެރުވުމާއި، އަވިން ހަކަތައިގެ ޒަރިއާއިން އިއާދަކުރަނިވި ހަކަތައިގެ %33 ގެ ލަނޑުދަނޑި ހާސިލުކުރުމަށް ޗައިނާއަށް އެހީތެރިވެވޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި އީ-ވީޓީއޯއެލް އާއި އިލެކްޓްރިކް އުޅަނދުތައް ތައާރަފުކޮށްގެން ރަށްތަކުގެ މެދުގެ ދަތުރުގެ ހަރަދު ކުޑަކުރެވިދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޒުވާނުންގެ ހުނަރު އިތުރުކުރުމާއި ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވައި، ފޯރަމްގެ ބައިވެރިން އަމަލީ ގޮތުން ގުޅިގެން މަސައްކަތް ފެށުމަށް ސަފީރު ގޮވާލެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.