އިސްރާއިލްގައި އަންގާރަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އެއްވެސް ކޯލިޝަނަކަށް ސަރުކާރު އުފެއްދޭވަރުގެ އަޣުލަބިއްޔަތެއް ނުލިބުމުން، ޤައުމުގެ ސިޔާސީ މުސްތަޤުބަލު ޔަޤީންނުވެ އޮތެވެ.
އެކްޒިޓް ޕޯލްތަކުގެ ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނާއި އިދިކޮޅު މައި ކޯލިޝަނަށް 51 ގޮނޑި ވަކިވަކިން ލިބޭނެއެވެ. 120 ގޮނޑީގެ ކެނެސެޓުގައި ސަރުކާރެއް ހެދުމަށް 61 ގޮނޑި ބޭނުންވާއިރު، އެ އަދަދަށް ދެ ފަރާތަކުން ވެސް ނުދެވެއެވެ.
ނަތީޖާ ނިކުތުމުގެ ކުރިން ނަތަންޔާހޫ ވަނީ ރައިޓްވިންގް ޕާޓީތަކަށް ބާރުގަދަ ކާމިޔާބީއެއް ލިބި، ގައުމީ ރައިޓްވިންގް ސަރުކާރެއް އުފައްދާނެ ކަމުގެ ޔަގީންކަން ދީފައެވެ.
މި ފަހަރު ބޮޑު ކުރިއެރުމެއް ހޯދީ އަރަބި ޕާޓީތަކުންނެވެ. އެ ޕާޓީތަކަށް ޖުމްލަ 18 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން 17 ނުވަތަ 18 ގޮނޑި ރައަމް އަދި ޖޮއިންޓް ލިސްޓަށް ލިބޭނެ ކަމަށް ބެލެވެއެވެ. އަރަބި ދާއިރާތަކުން ގިނަ ބަޔަކު ވޯޓަށް ނުކުތުމަކީ މި ނަތީޖާގެ މައި ސަބަބެވެ.
ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ބުނީ މި އިންތިޚާބުގައި 77.7 އިންސައްތަ ވޯޓަރުން ވޯޓުލި ކަމަށާއި، މިއީ ގާތްގަނޑަކަށް 30 އަހަރުތެރޭ ފެނުނު އެންމެ މަތީ ނިސްބަތް ކަމަށެވެ.
ކޮމެންޓު ފޮނުވާ