ގުރައިދޫގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ އިންޑިއާ ހައިކޮމިޝަނަރު ބައްދަލު ކުރައްވައިފި

ގުރައިދޫގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ އިންޑިއާ ހައިކޮމިޝަނަރު ބައްދަލު ކުރައްވައިފި

Author
އަހުމަދު
27 އޮކްޓޯބަރ 2026 09:23
0

 

ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު، ކ. ގުރައިދޫގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކޮށް އޯޕަން ހައުސް ފޯރަމެއް ބާއްވަވައިފިއެވެ.

މި އޯޕަން ހައުސް ފޯރަމް ބޭއްވީ، ގުރައިދޫގައި ދިރިއުޅެމުން އަންނަ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކޮށް، އެފަރާތްތަކަށް ދުޅަހެޔޮކަމާއި ގުޅޭ ކަންކަމާ މެދު މަޝްވަރާކުރުމުގެ މަޤްޞަދުގައެވެ.

ބައްދަލުވުމުގައި ހައިކޮމިޝަނަރު ވަނީ އެރަށުގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ އެކު އެމީހުންގެ ދިރިއުޅުމާއި ކޮމިއުނިޓީ ކުރިމަތިވާ ގޮންޖެހުންތަކާ މެދު ވާހަކަ ދައްކަވައި، އެމީހުންގެ ޚިޔާލާއި މަޝްވާރާ އަޑުއައްސަވާފައިވެއެވެ.

އަދި މި ފުރުޞަތުގައި، އިންޑިއާގެ ސަރުކާރުން ކުރިއަށް ގެންދަމުންދާ އިސްނެގުންތަކާއި ތަރައްޤީގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވެސް ހައިކޮމިޝަނަރު އެފަރާތްތަކާ ހިއްސާކުރައްވާފައިވެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުން އަންނަ އިންޑިއާގެ ރައްޔިތުންނާ ގުޅުން ބަދަހިކޮށް، އެމީހުންގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ހައިކޮމިޝަނުން ކުރިއަށް ގެންދަމުންދާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.