ޖުމްހޫރީ ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ، އަންނަ ނޮވެމްބަރު 19 ވަނަ ދުވަހުގެ ބުރާސްފަތިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައިފިއެވެ. ރޭގަނޑު 8:30 ގައި ފަށާ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.
ޖަލްސާގައި، ޢިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާތަކުން މަތީ ކާމިޔާބީ ހޯދި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވާނެއެވެ. ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހޮވާ ފަރާތްތަކަށް ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
އަދި، 35 އަހަރަށްވުރެ ގިނަ ދުވަހު ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުވެސް މި ޖަލްސާގައި ދެއްވާނެއެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން ހޮވާ ބޭފުޅުންނަށް ދެއްވާނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.
ކޮމެންޓު ފޮނުވާ