ތިނަދޫ ރޭޕް ހާދިސާގައި މުވައްޒިފަކު ބައިވެރިވާނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ވެމްކޯ

ތިނަދޫ ރޭޕް ހާދިސާގައި މުވައްޒިފަކު ބައިވެރިވާނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ވެމްކޯ

Author
އަހުމަދު
27 އޮކްޓޯބަރ 2026 09:03
0

 

ގދ. ތިނަދޫގައި ހިނގި ރޭޕްގެ ހާދިސާގައި ވެމްކޯގެ މުވައްޒިފަކު ބައިވެރިވެފައިވާކަން ސާބިތުވެއްޖެނަމަ، ކުންފުނީގެ ގަވާއިދުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒިފަކާ މެދު އަޅާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަދަނީ މިންގަނޑުން ސާބިތުވާ ވަރަށް ހެކި ހުރެ ތަހުގީގީ އިދާރާއަކުން ޖިނާއީ ކުށެއް ސާބިތުކޮށްފިނަމަ، މަގާމަކާ ތަފާތުނުކޮށް ކޮންމެ މުވައްޒިފަކާ މެދުވެސް އެ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކުންފުނިން ބުނީ މަސައްކަތުގެ މާހައުލުގައާއި އޭގެ ބޭރުގައިވެސް މުވައްޒިފުން ރިވެތި އަހްލާގު ހިފެހެއްޓުމަކީ ކުންފުނީގެ ސިޔާސަތުގެ މައިގަނޑު މަގްސަދު ކަމަށެވެ. އަދި ތިނަދޫގައި ހިނގި އަމަލު ވަރަށް ހަރުކަށި ގޮތެއްގައި ކުށްވެރިކުރާ ކަމަށާއި، އެފަދަ އަމަލުތައް ބަލައެއް ނުގަންނާނެ ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.

މި ބަޔާން ނެރުނީ، މި ހާދިސާގައި ވެމްކޯގެ އިސް މުވައްޒިފަކު ބައިވެރިވާ ކަމަށް ވާހަކަ ފެތުރެމުންދާ ވަގުތެއްގައެވެ. އެ މުވައްޒިފު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި މައްސަލާގައި ފުލުހުން މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.