ބާބާ ގާޑިޔާގެ ވެރިޔާ އަތީގަށް ހާޓް އެޓޭކެއް، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ބާބާ ގާޑިޔާގެ ވެރިޔާ އަތީގަށް ހާޓް އެޓޭކެއް، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

Author
އަހުމަދު
27 އޮކްޓޯބަރ 2026 07:53
0

ފުވައްމުލަކުގެ މަޝްހޫރު ސްޓްރީޓް ފުޑް ޓްރަކް "ބާބާ ގާޑިޔާ"ގެ ވެރިޔާ ހަސަން އަތީގަށް ހާޓް އެޓޭކެއް ޖެހުމުން، އޭނާ މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، ހާލު ގޯހެއް ނޫން ކަމަށް ރަހުމަތްތެރިއަކު ބުނެފިއެވެ.

އަތީގުގެ ރަހުމަތްތެރިއެއް ކަމަށްވާ ޒިޔާ އަހުމަދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އިއްޔެ މެންދުރު އަތީގު ފޯނުކޮށް ވާހަކަ ދެއްކުމަށްފަހު ކުޑަ ވަގުތުކޮޅަކުން މެޔަށް ތަދުވެ ދާހިއްލަން ފެށުމުން، އޭނާ ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އެތަނުގައި ހެދި ޓެސްޓްތަކުން ހާޓް އެޓޭކް ޖެހިފައިވާކަން ކަށަވަރުވުމުން އައިސީޔޫއަށް ލައި، ރޭގެ ފަތިހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވެއެވެ.

މިއަދު ހަދާ ޓެސްޓްތަކުގެ ނަތީޖާއަށް ބަލައި ކުރިއަށް ދޭންޖެހޭ ފަރުވާ ޑޮކްޓަރުން ކަނޑައަޅާނެ ކަމަށް ޒިޔާ ބުންޏެވެ. މިވަގުތު އޭނާއާ ބައްދަލުކުރުމުގެ ފުރުޞަތު ނެތް ނަމަވެސް، ހާއްސަ ހުއްދައެއްގެ ދަށުން ދޮރުމަތީގައި ހުއްޓާ ޓާޓާ ކިޔާލުމުން، އަތީގުވެސް ހިނިތުންވެލައި ޖަވާބު ދިން ކަމަށާއި، އޭނާގެ ހިތްވަރު އެބަހުރި ކަމަށް ޒިޔާ ބުނެފައިވެއެވެ.

ހަސަން އަތީގު 2020 ވަނަ އަހަރު ކުޑަ ގާޑިޔާއަކުން ފެށި ބާބާ ގާޑިޔާއަކީ މިހާރު ފުވައްމުލަކަށް ދާ މީހުންގެ މުހިންމު މަންޒިލަކަށް ވެފައިވާ، މުޅި ރާއްޖެއަށް މަޝްހޫރު ތަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.