އިސްރާއިލަށް ވަރުގަދަ ހަމަލާތަކެއް ދީ، ހަމާސްއިން އިސްރާއީލުގެ އާންމުންނާއި ސިފައިންގެ ބަޔަކު ހައިޖެކް ކޮށްފި

އިސްރާއިލަށް ވަރުގަދަ ހަމަލާތަކެއް ދީ، ހަމާސްއިން އިސްރާއީލުގެ އާންމުންނާއި ސިފައިންގެ ބަޔަކު ހައިޖެކް ކޮށްފި

Author
ހުސެއިން
07 އޮކްޓޯބަރ 2023 10:21
0

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން އިސްރާއީމަށް ރޮކެޓްގެ ވަރުގަދަ ހަމަލާތަކެއް ދީ، އިސްރާއީލުގެ އާންމުންނާއި ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު ހައިޖެކް ކޮށްފިއެވެ.

ހަމާސް ޖަމާއަތުން ބުނެފައިވަނީ މި ހަމަލާތަކަކީ އިސްރާއީލުން އަލް އަޤްސާ މިސްކިތާމެދު އަމަލްކުރަމުންދާ ގޮތާއި، އަދި ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ފޭރިގެން އުޅެމުންދާތީ އެކަމުގެ ބަދަލު ހިފުމުގެގޮތުން ދިން ވަރުގަދަ ހަމަލާތަކެއް ކަމުގައެވެ.

ހަމާސް ޖަމާއަތުން މިހަތަށް ވަދީ، އިސްރާއީލަށް 5،000 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާއިރު، ހަމާސް ޖަމާއަތުގެ މުޖާހިދުންވަނީ އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް އިސްރާއީލުގެ އަވަށްތަކަށް ވަދެ ހަމަލާދީ، އިސްރާއީލުގެ 100 އަށްވުރެ ގިނަ މީހުން މަރާލާ އެތައް ސަތޭކަ ބަޔަކު ޒަޚަމް ކޮށްފައެވެ. އިސްރާއީލުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ހަމާސް ޖަމާއަތުގެ ހަމަލާތަކުގައި ޒަޚަމްވީ އިސްރާއީލު މީހުންގެ އަދަދު މިހާރުވަނީ 985 އަށް އަރާފައެވެ. އަދި މިއަދަދު މަތިވެގެން ދިއުމަކީވެސް އެކަށިގެންވާކަމެއް ކަމުގައިވެސް ރަސްމީ ފަރާތްތަކުން ބުނެފައި ވެއެވެ.

ހަމާސް ޖަމާއަތުގެ އޮފިޝަލުން ބުނެފައިވަނީ މި ހަމަލާތަކުގެ ބަދަލު ހިފުމުގެގޮތުން އިސްރާއީލުން ގާޒާއަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 200 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

ހަމާސް ޖަމާއަތުން ދިން ހަމަލާތަކަށްފަހު ހަމާސްގެ ކޮމާންޑަރު މުހައްމަދު  ޑެއިފް ވިދާޅުވެފައިވަނީ އެ ޖަމާއަތުން އިސްރާއީލަށް ދޭން ބޭނުންވާ މެސެޖަކީ "މިހާރު ފުދިއްޖެ" މި މެސެޖް ކަމުގައެވެ.

ހަމާސް ޖަމާއަތުގެ ހަމަލާތަކަށްފަހު އިސްރާއީލުން ބުނެފައިވަނީ އެގައުމު އޮތީ ހަނގުރާމާއިގެ ހާލަތުގައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.