ރައީސް ޔާމީންގެ ސަރުކާރުން އިއުލާންކުރި ހިޔާ މަޝްރޫއުގެ ތެރޭގައި ހިމެނި ކަސްޓަމްގެ މުވައްޒިފުންގެ ފްލެޓްތައް މި ސަރުކާރުން ވުޖޫދުން ގެއްލުވާލި ނަމަވެސް، އަލުން އެ މަޝްރޫއު ފައްޓަވާނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތިނަދޫގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ފެށީ ވަރަށް ހަރުދަނާ ޕްލޭނަކާ އެކު ގިނަ ކުންފުނިތަކަށް ފްލެޓް ލިބޭނެ ގޮތަށް ކަމަށެވެ. އެކަމަކު، ބައެއް ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތް ނުފެށި، އެ މަޝްރޫއު މި ސަރުކާރުން ވުޖޫދުން ގެއްލުވާލާފައިވާ ކަމަށެވެ.
ނަމަވެސް، މަޝްރޫއު އިއުލާން ކުރި އިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުއިއްޒު ޔަގީންކަން ދެއްވީ އެއްވެސް މުވައްސަސާއަކަށް މިގޮތަށް އަޅާދޭން ނިންމާފައިވާ މަޝްރޫޢުތައް ހުއްޓިފައިވާނަމަ އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރޭ ޕީއެސްއެމްއާއި، އެމްއެންޔޫގެ ފްލެޓް އިއުލާން ކުރުމުން ކަސްޓަމްސްގެ މުވައްޒިފުންވެސް ހިޔާ ފްލެޓުން މިސަރުކާރުން އިހުމާލުވި ފްލެޓް ހޯދަން ބޭނުންވެ އެކަން ބޮޑުވުން ހިއްސާ ކުރިކަމަށެވެ. މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވެ މިގޮތަށް ހުރި ހުރިހާ ފްލެޓެއް އަޅައި ބޯހިޔާވަހިކަން ކަށަަވަރު ކޮށްދެއްވާނެކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ އަމާޒަކީ ޔާމީން ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ އިޔާދަކޮށްދިނުމެވެ. ރައްޔިތުން ތިބީ އެ ސްޕީޑްގެ ތަރައްގީ ބޭނުންވެފައި ކަމާއި މި ސަރުކާރުގެ ސްޕީޑްއާ މެދު މާޔޫސްވެފައި ކަމަށެވެ.
ކޮމެންޓު ފޮނުވާ