ރައީސް ސޯލިހް މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަނީ

ރައީސް ސޯލިހް މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
03 މެއި 2023 01:55
0

އިނގިރޭސިވިލާތުގެ ރަސްކަމާ ރަސްގެފާނު ޗާލްސް ތިނެއް ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިރަސްމިއްޔާތު އޮންނާނީ މިމަހުގެ ހަވަނަ ދުވަހު އެވެ. ރައީސް ސޯލިހް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ރައީސް ސޯލިހް އިނގިރޭސިވިލާތަށް ކުރައްވާ މިދަތުރުފުޅުގައި ކޮމަންވެލްތު ގައުމުގެ ތަކުގެ ލީޑަރުން ބައިވެރިވާ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީ އެމަނިކުފާނުގެ މަންމަ އެލިޒަބަތު ދެވަނަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަށްވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ރާނީ އެލިޒަބަތުގެ ޖާނާޒާގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.