ޓްރަމްޕް އަމިއްލައަށް ކޯޓަށް ހާޒިރުވުމުން، ފުލުހުންގެ ހައްޔަރަށް!

ޓްރަމްޕް އަމިއްލައަށް ކޯޓަށް ހާޒިރުވުމުން، ފުލުހުންގެ ހައްޔަރަށް!

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2023 11:20
0

އެމެރިކާގެ ކުރީގެ ރައީސް، އަދި 2024ގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ޑޮނަލްޓް ޓްރަމްޕް އަމިއްލައަށް ކޯޓަށް ހާޒިރުވެއްޖެއެވެ.

އެމެރިކާގެ ތާރީޚުގައިވެސް އެގައުމެއްގެ ރައީސެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރެވިފައިވާ ޖިނާއީ ދައުވާއަށް ކޯޓުގައި ޖަވާބުދާރީ ވުމަށްޓަކާ ނިއުޔޯކު ސިޓީއަށް ވަޑައިގެން އޭނާ ވަނީ ކޯޓަށް ހާޒިރުވެފައެވެފައެވެ. މިއާއިއެކު ފުލުހުން ވަނީ ޓްރަމްޕް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައެވެ. ނަމަވެސް އޭނާ ބިޑި އަޅުވައި ކުށްވެރިންނާއިމެދު އަމަލުކުރާ ގޮތަށް އަމަލުކޮށްފައި ނުވެއެވެ. އަދިި އޭނާގެ ޝަރީއަތް ޓީވީތަކުން ލައިވް ނުކުރެވޭނެ ކަމަށްވެސް ފަނޑިޔާރުން ވަނީ ނިންމާފައެވެ.

ޓްރަމްޕް ފުލުހުންގެ ހައްޔަރަށް ވަޑައިގަތުމަށްފަހު އޭނާ ފަނޑިޔާރުންގެ ކުރިފުޅުމައްޗަށް ހާޒިރު ކުރުމުގެ ކުރިން އޭނާގެ ފިންގަރ ޕްރިންޓް ނެގުމަށްފަހު، ކުއްވެރިންގެ ފޮޓޯ ނަގާތަކުގައި ޓްރަމްޕްގެ ފޮޓޯ ނެގުމަށްފަހު، ފަނޑިޔާރުންގެ ކުރިފުޅުމައްޗަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިން ޝަރީއަތުގެ މަޖިލިސް ފޮޓޯ ނެގުމަށް މީޑިއާތަކަށް ވަނީ ފުރުސަތުދޭން ނިންމާފައެވެ.

މިއަދުގެ ޝަރީއަތަށްފަހު ކަފާލާތުގެ ދަށުން ޓްރަމްޕް ދޫކޮށްލާނެކަމަށްވެސް މީޑިތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާގެ ނިއުޔޯކުގެ ފުލުހުން ޓްރަމްޕް ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރަނީ، ޕޯން ސްޓާރަކަށް (ބަރަހަނާ ފިލް ކުޅޭ މީހަކަށް) އޭނާ ގާނޫނާއި ޚިލާފަށް ފައިސާ ދިންކަމުގެ ތުހުމަތުގައެވެ. މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ވިޔަފާރީގެ މުއާމަލާތްތައް އޮޅުވާލާފައިވާކަމުގެ ތުހުމަތުގައި 30 މައްސަައެއް ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހިމަނާފައި ވެއެވެ.

ޕޯން ސްޓާރެއް ކަމުގައިވާ ޑެނިއަލްސްއާއި ޓްރަމްޕްއާއި ދެމެދު ހިންގާފައިވާ ގުޅުމެއްގެ ވާހަކަތައް ސިއްރު ކުރުމަށް ޝަރުތުކޮށް، 2016ގެ ރިޔާސީ އިންތިޚާބުގެ ކުރިން، ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލެއް ކަމުގައިވާ މައިކަލް ކޯހެން މެދުވެރިކޮށް އޭނާއަށް 130,000 އެމެރިކާ ޑޮލަރު ޓްރަމްޕް ދީފައި ވެއެވެ. ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޯހެންއަކީ މިހާރު ޓްރަމްޕްއާއި ދެކޮޅު މީހެކެވެ.

ޕޯން ސްޓާރ ޑެނިއަލްސްއަށް ޓަރަމްޕް ފައިސާ ދިނުމަކީ އޭގެ ޒާތުގައި މައްސަލައަކަށް ނުވި ނަމަވެސް، އެ ފައިސާގެ މުއާމަލާތަކީ ގާނޫނާ ޚިލާފް މުއާމަލާތަކަށް ވަނީ، ޑެނިއަލްސްއާއެކު ހިންގި މުއާމަލާތް ސިއްރުކުރުމަށް ޓަރަމްޕް އޭނާއަށް ދިން ފައިސާއަކީ ވިޔަފާރީގެ މުއާމަލާތެއްގެ ގޮތުގައި ރެކޯޑްތަކުން ދައްކާތީއެވެ. ނިއުޔޯކުގެ ގާނޫނުތައް ބުނާ ގޮތުން، ވިޔަފާރީގެ މުއާމަލާތްތައް އޮޅުވާލުމަކީ ގާނޫނީ ކުށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.