އެވަޓަންގެ ޑީނިއާއަށް އަނިޔާވެ ތިންމަހަށް ކުޅުމާދުރަށް

އެވަޓަންގެ ޑީނިއާއަށް އަނިޔާވެ ތިންމަހަށް ކުޅުމާދުރަށް

ގުޅުންހުރި

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އެވަޓަނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑީނިއާ ތިން މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

އެވަޓަނުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ޑީނާއާ ނެތްތަން ފޫބެއްދޭނެވަރުގެ ކުޅުންތެރިން އެ ޓީމުގައި މި ވަގުތު އެބަތިބި ކަމަށްވެސް އަންޗެލޮޓީ ވަނީ ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑީނިއާ ނެތްތަން ފޫބައްދާނީ މި އަހަރުގެ ޖުލައި މަހު މާސޭ ދޫކޮށް ހިލޭ ޓްރާންސްފާއެއްގެ ދަށުން އެވަޓަނާ ގުޅުނު ނީލްސް އެންކުންކޫއެވެ.

ޑީނިއާ އަށް އަނިޔާވީ އެވަޓަނުން މި ހަފުތާގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. މި އަނިޔާއާ ގުޅިގެން ހޯމަ ދުވަހު އޭނާ އޮޕަރޭޝަނެއް ކުރާނެއެވެ. އެހެންކަމުން އެ އޮޕަރޭޝަނަށްފަހު ކުޅުމުގެ ތެރެއަށް ޑީނިއާއަށް އާދެވޭނީ ދެ ތިން މަސް ފަހުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޑީނިއާއަށް ލިބުނު އަނިޔާއާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ، އާސެނަލް އަދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނަ މެޗުތަކާއި، އިނގިރޭސި ލީގު ކަޕުގެ ކުއާޓާފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އެވަޓަން ނުކުންނަ މެޗުގައިވެސް ޑީނިއާއަށް ނުކުޅެވޭނެއެވެ. މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަނުން މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުގައި ޑީނިއާ ކުޅެފައިވާއިރު، އެ ޓީމު މި ވަގުތު އޮތީ ލީގު ތާވަލުގެ ހަވަނައިގައި 16 ޕޮއިންޓާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *