ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ބައްސާމާއި ޔޫސޭގެ ނަން ހިމަނައިފި

ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ބައްސާމާއި ޔޫސޭގެ ނަން ހިމަނައިފި

Author
އަހުމަދު
21 ސެޕްޓެމްބަރ 2026 09:14
0

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ދައްކަން ޖެހި، ނުދައްކާ ފަރާތްތަކުގެ ލިސްޓު އިއްޔެ އާންމުކުރި އިރު، އެ ލިސްޓުގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަން ހިމަނައިފި އެވެ. އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ބައްލަވައިގަތް މައްސަލައިގައި ހިޔާނާތުގެ ކުށް ސާބިތުވެ، ބައްސާމް މިހާރު ދަނީ ޖަލު ހުކުމް ތަންފީޒުކުރައްވަމުންނެވެ.

ޖުމުލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައްސާމްގެ އިތުރުން، ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަގާމު ފުރުއްވި ހަސަން އިސްމާއީލްގެ ބިޒްނަސް އިމޭޖް ގްރޫޕާއި، މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އާއި، ޝްވެކް ސިނަމާ ހިންގާ ޝްވެކް މޯލްޑިވްސް ކުންފުނި ވެސް ހިމެނެ އެވެ. މީގެ އިތުރުން، ޗީބޯ އިންވެސްޓްމަންޓްސް އާއި ލަބަންބާ ކެފޭ ހިންގާ ބެވަރެޖް ޓްރިޕްލް ކުންފުނި ވެސް އެ ލިސްޓުގައި ވެ އެވެ.

ލިސްޓުގައި ހިމެނޭ ކޮންމެ ފަރާތެއްގެ އަތުން ވެސް މީރާއަށް އެއް މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ލިބެންޖެހޭ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. ނަމަވެސް، ވަކިވަކިން ކޮންމެ ފަރާތަކުން ދައްކަން ޖެހޭ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.