މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާން އައުކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިދުމަތް ޖަމިއްޔާއާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ދަރުސްތައް ދެއްވުމުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯއްދެވި ޝައިޚް ފަރީދު އަވަހާރަވީ މިދިޔަ އަހަރުގެ ޖޫން މަހު، ބައްދަލުވުމަކަށް ވަޑައިގެންނެވި މެލޭޝިޔާގެ އެއާޕޯޓުގަ އެވެ. މީގެ ކުރިން ވެސް އެ މަނިކުފާނުގެ ހަނދާނުގައި، 455 މީހުންގެ ޖާގައިގެ މިސްކިތެއް ބަންގްލަދޭޝްގައި ހިދުމަތް ޖަމިއްޔާއިން ވަނީ ބިނާކޮށްފަ އެވެ. އެ މިސްކިތުގެ ޚަރަދު ކަމުގައިވާ 760،000 ރުފިޔާ ހޯއްދެވުމަށް އިއުލާނުކުރިތާ އެންމެ ދުވަހެއްގެ ތެރޭގައި އެ ފައިސާ ހަމަވި އެވެ.
ދީނީ ޚިދުމަތުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާހީ ހަރަކާތުގައި ވެސް ޝައިޚް ފަރީދު ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ. އޮގަސްޓް 12 އަދި 13 ގެ ހަރަކާތާ ގުޅިގެން ބަންދުކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް އެ މަނިކުފާނު ހިމެނިވަޑައިގަންނަވަ އެވެ.
ކޮމެންޓު ފޮނުވާ