ޑްރަގް އެތެރެކުރި މީހެއްގެ ހޮޓެލް ބުކިންއަށް ފައިސާ ދެއްކި ދިވެއްސަކު 18 އަހަރަށް ޖަލަށް

ޑްރަގް އެތެރެކުރި މީހެއްގެ ހޮޓެލް ބުކިންއަށް ފައިސާ ދެއްކި ދިވެއްސަކު 18 އަހަރަށް ޖަލަށް

Author
އަހުމަދު
05 ނޮވެމްބަރ 2026 04:40
0

 

ނައިޖީރިއާގެ ރައްޔިތަކު ރާއްޖެއަށް 1.2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އެހީތެރިވި ކަމަށް ސާބިތުވި ދިވެއްސަކަށް 18 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފި އެވެ.

މި ހުކުމް ކޮށްފައިވަނީ މ. އިދާލާ އާލިފް ވަހީދަށެވެ. މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ޖަލު ހުކުމާއެކު އޭނާ 75,000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ. އެ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ޖެހޭނެ އެވެ. ނަމަވެސް މި މައްސަލާގައި އޭނާ ކުރިން ބަންދުގައި ހޭދަކުރި މުއްދަތު ޖަލު ހުކުމުން އުނިކުރާނެ އެވެ.

ދައުލަތުން އާލިފްގެ މައްޗަށް ދައުވާކުރީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެތެރެކުރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން، 2024 ވަނަ އަހަރު ޑްރަގް އެތެރެކުރި ނައިޖީރިއާ މީހާ ރާއްޖޭގައި ހުރުމަށް ހޮޓެލް ބުކިންއަށް ފައިސާ ދެއްކީ އާލިފްގެ އެކައުންޓުން ނެވެ. އެ މީހާ ރާއްޖެ އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާގެ ހަރަކާތްތައް ބަލައި ފާރަލީ ވެސް އާލިފް ކަމަށް ހެކިތަކުން ސާބިތުވާ ކަމަށް ކޯޓުން ބުނެ އެވެ.

އާލިފްގެ ޢަމަލުތަކާއި ހުށަހެޅުނު ހެކިތަކުން، އެ މީހާ މަސްތުވާތަކެތި އެތެރެކުރާކަން އެނގިހުރެ އޭނާ އެ ކަންކަން ކުރިކަން ސާބިތުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.