މިދިޔަ އޮކްޓޯބަރު މަހު ފުލުހުންނަށް ޖުމްލަ 967 މައްސަލަ ހުށަހަޅާފައިވެއެވެ. ފުލުހުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ މައްސަލަތަކުން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އޮކްޓޯބަރުގައި ވައްކަމުގެ 264 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ދެވަނައަށް ގިނައީ ޓްރެފިކް އެކްސިޑެންޓުގެ 221 މައްސަލައެވެ. މަސްތުވާތަކެތީގެ 183 މައްސަލަ ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އެއްޗެހި ގެއްލުމުގެ 80 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 70 މައްސަލަ، އަނިޔާކުރުމުގެ 59 މައްސަލަ އަދި ޖިންސީ ގޯނާގެ 33 މައްސަލަ ވެސް މިދިޔަ މަހު ފުލުހުންނަށް ލިބިފައިވެއެވެ. އަދި ގެވެށި އަނިޔާގެ 22 މައްސަލަ، މަކަރާއި ހީލަތުގެ 18 މައްސަލަ، ފޭރުމުގެ 10 މައްސަލަ އަދި ފޯޖަރީގެ 7 މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.
ސެޕްޓެމްބަރާ އަޅާބަލާއިރު، ވައްކަމާއި އެކްސިޑެންޓުގެ މައްސަލަތައް ވަނީ މަދުވެފައެވެ. ސެޕްޓެމްބަރުގައި ވައްކަމުގެ 278 މައްސަލަ ރިޕޯޓުކުރިއިރު، އޮކްޓޯބަރުގައި އެ އަދަދު 264 އަށް ދަށްވިއެވެ. އެކްސިޑެންޓުގެ އަދަދު ވެސް 224 އިން 221 އަށް ދަށްވެފައިވެއެވެ.
ވައްކަމާއި ފޭރުމުގެ ކުށްތައް މަދުކުރުމަށް ފުލުހުން ވަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ