ދަރަނި އަދާކުރަން ބޭނުންވަނީ ވަގުތުން ފައިސާ ލިބޭ ފަދަ ވިޔަފާރިއެއް: ނަޝީދު

ދަރަނި އަދާކުރަން ބޭނުންވަނީ ވަގުތުން ފައިސާ ލިބޭ ފަދަ ވިޔަފާރިއެއް: ނަޝީދު

Author
އަހުމަދު
21 ސެޕްޓެމްބަރ 2026 09:10
0

ދައުލަތުގެ ދަރަނި އަދާކުރުމުގެ ބޭނުމަށްޓަކައި ހަރުމުދާ ވިއްކުމަކީ ރަނގަޅު ފިޔަވަޅެއް ކަމުގައި ވިޔަސް، ރާއްޖޭގެ މިހާރުގެ މާލީ ހާލަތު ދިރާސާކުރާ އިރު އެންމެ ބޭނުންތެރި ގޮތަކީ ވަގުތުން ފައިސާ އަތުޖެހޭނެ ފަދަ މުއާމަލާތްތައް ހިންގުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ގާއިމުކުރުމަށްޓަކައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫއެއް އެކުވެރި އަރަބި އިމާރާތުގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން ހަވާލުކުރި ނަމަވެސް، މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ފިލުވުމަށް އެއްވެސް އެހީއެއް ލިބިދޭނެ ކަމެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި ނަޝީދު ދެއްކެވީ، ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ކުރިއަށްދިޔަ ނަމަވެސް އެ މަޝްރޫއުން ދައުލަތަށް ފައިދާއެއް ފެންނަން ފެށޭނީ މަދުވެގެން ދެ އަހަރު ފަހުން ކަމަށް ވުމެވެ.

ދުބާއީގައި ސޮއިކުރެވުނު މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެމާރު ޕްރޮޕަޓީސްގެވެސް ބާނީ މުހައްމަދު އަލައްބާރެވެ. މި މުއާމަލާތުގައި ދޫކޮށްލެވޭ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ރަސްމީކޮށް އިއުލާނުކޮށްފައި ނުވިޔަސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ފުށިދިއްގަރު ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 1058 ހެކްޓަރުގެ ބިމުގެ ތެރެއިން ގާތްގަނޑަކަށް 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކޮށްލެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.