ދިވެހި ސަރުކާރާއިި ގުޅުމެއް ނެތްކަމަށާއި، އެމަނިކުފާނަކީ މިސަރުކާރުގެ ބައިވެރިއެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ޗައިނާ ރާއްޖެ ފްރީ ޓްރޭޑް އެގްރިމަންޓެއް ނެތްކަމަށް ވިދާޅުވުމުން އެއީ ސަރުކާރުގެ ފަރާތުން ދަންނަވާ ވާހަކަފުޅެއްތޯ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ސުވާލު ދެންނެވުމުންނެވެ.
އެސުވާލަށް އިޝަރާތްކުރައްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިސަދަރުކާރަކީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދި ރިޔާސަތު ބަލަހައްޓަވާ ޕާޓީއަށް ނިސްބަތްވާ ސަރުކާރެއްކަމަށާއި، އެމަނިކުފާނު މަދަދުދޭ ސަރުކާރެއްކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ މިސަރުކާރުގެ ބައިވެރިއެއްނޫންކަމަށާއި، އެއީ މަޖިލީހުގެ ރައީސްކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.
"އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށްވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ، އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު ސަރުކާރުގެ ބައެއް ސިޔާސަތުތަކަށާއި، މަޖިލީހަށް ފޮނުވާ ބައެއް ބިލްތަކަށް މަޖިލީހުގެ ރައީސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ