ކޮވިޑް-19: މިހާރު ބައްޔަށް ފަރުވާ ދެނީ 1099 މީހަކަށް

ކޮވިޑް-19: މިހާރު ބައްޔަށް ފަރުވާ ދެނީ 1099 މީހަކަށް

ގުޅުންހުރި

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާ ދެނީ 1099 މީހަކަށް ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އިއްޔެ 63 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. އެޗްޕީއޭއިން ވިދާޅުވީ އާދީއްތަ ދުވަހުގެ 18:00އިން ފެށިގެން ހޯމަދުވަހުގެ 18:00ގެ ނިޔަލަށް ބައްޔަށް ޕޮޒިޓިވް ވީ 37 މީހެއްކަމަށެވެ. އެއީ މާލެ ސަރަހައްދުން 35 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 2 މީހުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 8 ބިދޭސީއެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10567 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 6695 ދިވެހިންނާއި 3872 ބިދޭސީންނެވެ.

ކޮވިޑް-19 އަށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 65 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ