އަސްލަމްގެ ސްޕީޑު ވަރަށް ސްލޯ، މެމްބަރުން ނުރުހުން!

އަސްލަމްގެ ސްޕީޑު ވަރަށް ސްލޯ، މެމްބަރުން ނުރުހުން!

Author
މުޙައްމަދު ޝަޒައިމް
15 ޖޫން 2022 11:09
0

ރާއްޖޭގެ އެކި ރަށްތަކުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރާއިން ހިންގާ މަޝްރޫޢުތައް އެންމެ އެދެވޭ ގޮތަށް ކުރިއަށް ނުދަތީ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ގިނަ މެމްބަރުންގެ ނުރުހުން މިނިސްޓަރ އަސްލަމަށް އަމާޒުވެއްޖެއެެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އަސްލަމާއި ވަނީ ގަޑިއެއްހާއިރު ވަންދެން ސުވާލުތައް ކޮށްފައެވެ. މީގެ ތެރެއިން ގިނަ ސުވާލުތަކުގައި ކޮންމެ މެމްބަރަކުވެސް ވަނީ އެދާއިރާއެއްގައި ޕްލޭނިން މިނިސްޓްރީން ހިންގާ މަޝްރޫޢުތައް ލަސްވާތީއާއި، ކުރިއަށްދާ ސްޕީޑާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވުންފާޅުކޮށް ސުވާލުކޮށްފައެވެ.

ގިނަ މެމްބަރުންގެ ކަންބޮޑުވުންތަކާއިއެކު ކުރެވިދިޔަ ސުވާލުތަކުގެ ތެރެއިން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްއްލަތީފް ވަނީ ކުޅުދުއްފުށީ އެއްޕޯޓާއި، ބަދަނރުގެ މަސައްކަތްވެސް ނުނިމި ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިމަސައްކަތް ނިމެނޭނެ ތާރީހަކާއި ގުޅޭގޮތުން އަސްލަމާއި ސުވާލުކޮށްފައެވެ. އަސްލަމް ވިދާޅުވީ އެއާޕޯޓް މަސައްކަތަކީ މިހާރު ޕްލޭނިންއިން ކުރާ މަސައްކަތެއް ނޫންކަމަށެވެ. އެއީ ރީޖަނަލް އެއާޕޯޓުން ކުރާ މަސައްކަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް އެއަޕޯޓް ސަރަހައްދުގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ޕްލޭނިންއިން ކުރިއަށް ގެންދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމަށް އަމާޒުވި ސުވާލުތަކުގެ ތެރެއިން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވަނީ ތިނަދޫގައި ހައުސިން ޔުނިޓްގެ މަސައްކަތް ކުރުމަށް ގެންދެވިފައިވާ ތަކެތި އެއްތަނުން އަނެއްތަނަށް ކައުންސިަލށް ނޭގި ތަންތަނަށް ބަދަލުކުރާ މައްސަލާގައި މިނިސްޓަރަށް ސުވާލު އުމާޒުކޮށްފައެވެ. ސަނީފް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކައުންސިލްތައް އޮތުމުގެ ބޭނުންވެސް މިފަދަ ކަންކަމުގެ ސަބަބުން ހަނިވާކަމަށެވެ.

ސަނީފްގެ ކަންބޮޑުވުންތަކާއި ގުޅިގެން އަސްލަމް ވިދާޅުވީ، ހައުސިން މަޝްރޫއަށް ގެންދެވިފައިވާ ތަކެތި މިހާރު ހުރި ތަނުން ބަދަލު ކުރަނީ އެސައިޓް އެންވާރުމަންޓުން ބޭނުންވެގެން ސައިޓް ބަދަލު ކުރަން ޖެހިގެންކަމަށެވެ. މިކަން އަތޮޅު ކައުންސިލަށް އަންގަފައިވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް މިހެން ވިދާޅުވުމުން ސަނީފް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ތިނަދޫ ރަށު ކައުންސިލަކީ އޮންނަ ތަނެއްކަން ނޭގޭތޯ މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ.

ސަނީފް އިތުރުން ކެލާ ދާއިރާގެ މެމްބަރު ޝަރީފް ވެސް ވަނީ އެދާއިރާގެ ރަށްތަކުގެ ތެރެއިން ކެލާގައި މިހާރު ކުރިއަށްދާ ފެނުގެ ނިޒާމުގެ މަސައްކަތް ވަރަށް ލަސްކޮށް ކުރިއަށްދާތީ އެކަން ސާފު ކުރުމަށް އެދިފައެވެ. އަދި ފިއްލަދޫ ބަނދަރަށް ދާ މަގުގެ މަސައްކަތް އެއްކޮށްނިމެނޭނީ ކޮންއިރަކުންތޯވެސް ސުވާލުކޮށްފައެވެ. މިސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކެލާގެ ފެނުގެ މަސައްކަތް ސްޕީޑް އަވަސްކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ. އަދި ފިއްލަދޫ ބަނދަރަށް ދާން އޮތް މަގުގެ އަޕްޑޭޓެއް ބަލާލުމަށްފަހު ސާފުކޮށްދެއްވާނެކަމަށެވެ.

މަޖިލީހުގައި ގިނަ މެމްބަރުންގެ ސުވާލުތަކަށް އަސްލަމް ދެއްވި ޖަވާބު ތަކާއިމެދު މެމްބަރުންނާއި އަދި މަޖިލީހުގެ ރައީސްވެސް ވަނީ ތަކުރާރުކޮށް ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ. މިސަރުކާރުގެ އެންމެ ސްޕީޑު ދަށް މިނިސްޓްރީ ކަމުގައި މަޖިލީޙުގެ ގިނަ މެމްބަރުން ދެކެނީ ޕްލޭނިން މިނިސްޓަރީކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންގުބެ
ތި އަސްލަމަކީ ވަރަށް ބޮޑާ ކިބުރުވެރި ތިމާއަށް ތިމާ ފެނިފައި ހުންނަ މިސަރުކާރުގެ ފެއިލިއާގެ އެންމެ ބޮޑު އަސްލު ހިތުން މާލެ އެކަމަކު އަސްލު ރަތްލާޖެހި ފަރެސްމާތޮޑާ ގޮލައެއް