ރާއްޖޭގެ އާބާދީގެ 23 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރޭ!

ރާއްޖޭގެ އާބާދީގެ 23 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރޭ!

ރާއްޖޭގެ އާބާދީއަށް ބަލާއިރު، 2019 ވަނަ އަހަރު ހަދާފައިވާ ސާވޭއިން 23 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

މީގެ 7 އަހަރުގެ ކުރީގެ ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި 15 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުފުރާގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތަކީ %22.6 މީހުންނެވެ. އެއީ %97.2 ފިރިހެނުންނާ %2.8 އަންހެނުންވެ.

އޭގެ 4 އަހަރު ފަހުން 2019ވަނަ އަހަރު ހެދި "ސްޓެޕްސް ސަރވޭ"ގައި މި ޓްރެންޑަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށް ދައްކައެވެ. މި އުމުރުފުރާގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް %23.1އަށްވަނީ އުފުލިފައެވެ. އެންމެ ބޮޑު ބަދަލަކީ އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރާ ނިސްބަތް އިންތިހާއަށް މައްޗަށް ދިއުމެވެ.

މި ސަރވޭގައި ބުނެފައިވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުންގެ ނިސްބަތަކީ %64.4 ކަމަށެވެ. އަދި އަންހެނުންގެ ނިސްބަތް %2 އިން %35.6އަށް އުފުލިފައިވާކަމަށެވެ. މީގެ ސަބަބެއްގެ ގޮތުގައި ސަރވޭގައ ބުނެފައިވަނީ، ސިނގިރޭޓު ނޫން، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ބާވަތްތަކާއި ގޮތްތައް އިތުރުވުމެވެ. އެގޮތުން އީ-ސިނގިރޭޓާއި ޝީޝާފަދަ ބާވަތްތައް އަންހެނުންނަށް ޚާއްސަކޮށް އިސްތިހާރު ކުރުމާއި، ޝީޝާ ބޮވޭ ތަންތަން އިތުރުވުން ހިމެނެއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު އެވަރެޖްކޮށް 400 މިލިއަން ސިނގިރޭޓު އެތުރެކުރެއެވެ. އަދި މީގެ އިތުރުން އީ-ސިނގިރޭޓުގެ އާލާތްތައްވެސް ގިނަ އަދަދަކަށް އެތެރެކުރެއެވެ. ދުންފަތް ހުއްޓުވުމަށް ރާއްޖޭގައިވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސްވެސް ވަނީ އިތުރުކޮށްފައެވެ. އަދި ދުންފަތް އިޝްރިހާރު ކުރުމަކީވެސް މަނާ ކަމެކެވެ. އަދި ވަކި ސަރަޙައްދުތަކުގައި ދުންފަތުގެ އިސްތިއުމާލްކުރުމަކީވެސް އަދަބުލިބޭ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް މި ކަންކަން އެދެވޭ ގޮތުގައި ތަންފީޒް ކުރެވިގެން ނުދިއުމަކީ، ރާއްޖޭފައި ދުންފަތުފަތުގެ އިސްތިއުމާލުކުރާ މީހުން އިތުރުވުމުގެ އެންމެބޮޑު ސަބަބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *