ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ ބީލަމުގެ މަރުޙަލާ ފަށައިފި

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ ބީލަމުގެ މަރުޙަލާ ފަށައިފި

ގުޅުންހުރި

ޅ.ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ޕްރީކޮލިފިކޭޝަން މަރުޙަލާ ނިމި، ބީލަމުގެ މަރުޙަލާ ވަނީ މިއަދު ފެށިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއާއި، ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރެވިގެންދާނެއެވެ.

އަދި މި މަޝްރޫޢުގެ ދަށުން ގއ.ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރެވިގެން ދާނެއެވެ. މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ %48 އިތުރުވެގެން ދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ %37 އިތުރުވެގެންދާނެއެވެ.

މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސް ގަނޑުކުރުމާއި، ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ. އެހެންކަމުން މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 200 ޓަނުގެ ފްރީޒިންގ ފެސިލިޓީގެ ސަބަބުން މިކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.

އަދި މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުން މަސްވެރިންނަށާއި، މިފްކޯއަށާއި މުޅި ޤައުމުގެ އިޤްތިޞާދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެއެވެ. އަދި އެތައް ޒަމާނެއް ވަންދެން ފެލިވަރު ތަރައްޤީކުރުމަށް އިންވެސްޓް ނުކުރެވި އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިޔަކުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް ހަގީގަތުގައިވެސް މަސްވެރިކަމެއް މިކުރަނީ ދެކޮނުގެ އަތޮޅު ތަކުގައި ،، ޅ އަތޮޅު މީހުންނަކީ މަސްވެރި ބައެއްނޫން ، ދެކޮނުގެ މަސްވެރީން ބާނާ މަސް ކޮޅު ކޫއްޑޫ ބޯޓްފަހަރު ތަކުން ފެލިވަރަށް ގެނެސް ގެން މިހާރުވެސް އެ ޕްރޮސެސް އެކުރަނީ ،، ކޫއްޑޫގައި އަޅަންޖެހޭ ތަނެއް ފެލިވަދުގައޖ އެޅުމަކީ ސިނާއަތް ފުޅާ ވުމެއް ނޫން ،، ޗަކޮޔާ ،،، ށ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ