އިންތިގެ ޓީމަށްވެސް އޮތް، އެންމެބޮޑު ގޮންޖެހުމަކީ އިންތިއަކީ އިދާރީ މީހަކަށް ނުވުން: ޔައުޤޫބް

އިންތިގެ ޓީމަށްވެސް އޮތް، އެންމެބޮޑު ގޮންޖެހުމަކީ އިންތިއަކީ އިދާރީ މީހަކަށް ނުވުން: ޔައުޤޫބް

Author
މުޙައްމަދު ޝަޒައިމް
29 މާރޗް 2022 08:59
0

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރާ އިންތިގެ ޓީމުގެ މެމްބަރުންނަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންތިއަކީ އިދާރީ މީހަކަށް ނުވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ވިދާޅުވެއްޖެއެވެ.

ޗެއާޕާސަންގެ މަޤާމަށް ފައްޔާޟު ގެނައުމަށް ތާއީދު ކުރައްވާ ޔައުޤޫބު ގދ.ފަރެސްމާތޮޑާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންތިއަކީ އިދާރީ މީހެއް ނޫންކަމަށް އިންތިގެ ޓީމުންވެސް ގަބޫލު ކުރާކަމަށެވެ. އެންމެ ފަހުން އިންތިގެ ޓީމުން ރަފެސްމާތޮޑާށް ކުރި ދަތުރުގައި އެޓީމުގެ އިސްބޭފުޅުންވެސް އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ، އިންތި އަކީ ޕާޓީ ހިންގުމުގައި އިދާރީ ގޮތުން ހަރަކާތްތެރި ވުމަށް އެންމެ އެކަށޭނެ މީހަކަށް ނޫންކަމަށެވެ.

އެމްޑީޕީގައި މިހާރުވެސް އޮތް މައްސަލައަކީ ޕާޓީ ނުހިނގުން ކަމަށާއި، ކުރަން މިހާރު މިއުޅޭ ކަމަކީ އެމްޑީޕީ ހިންގުންކަމަށް ޔައުޤޫބް ވިދާޅުވިއެވެ. ހުވަދޫބަހުން ވާހަކަ ދައްކަވަމުން ޔައުޤޫބް ވިދާޅުވީ އެމްޑީޕީ ހިންގާލެވޭނީ ފައްޔާޟުފަދަ ހިންގުންތެރިޔަކު ޗެއާޕާސަންގެ މަޤާމަށް އިންތިޚާބު ކޮށްގެންކަމަށެވެ.

ހޮވަންނެ މިވޮންނޯ އިދާރީ މަގާމެކެ. ޗެއާޕާސާންގެ މަޤާމައްކޫ އިދާރީ މަޤާމެކެ. އެޓީމުގެ އެންމެ އިސްކޮށް ތެއި މީހެނެ ބޮނޫ އިންތިގެ މައްސަލާއްކޫ އިންތިއަށްކޫ އިދާރީ މީހަކުނަޓެ ނުވީމެއި، ވިއްދޭ އުދަގުލެޔޯ އިންތި އެމަޤާމާއް ނަގަންނަޓެ. އެހެން ނަމަވެސް އަދިޔަސް މަސައްކަތެ މިކެރަންނޯ އިންތިއާއި ވާހަކެ ދައްކޭގެން އިންތި އޮންބޯޑު ވޮންތޯވޯ.

– ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ، ޕަޓީ ނުހިނގައިގެ، އިދާރީ ހިންގުމަށް ނުފަރިތަ މީހަކު ގެނެވިއްޖެނަމަ އަނެއްކާވެސް އެއީ ފަޖަކަށް އެޅޭ ފިޔަވަޅެއްކަމަށެވެ. އެކަން އެހެން ވިޔަ ނުދިނުމަށް ޔައުގޫބްވަނީ ގޮވާލާފައެވެ.

ކުރިއަށް ރޯދަމަސް އޮތުމާއިއެކު ފައްޔާޟުގެ ޓީމުން ގެންދަނީ ވީހާވެސް ގިނަ ރަށްތަކަކަށް ރޯދައިގެން ކުރިންވެސް ޒިޔާރަތްކޮށް އެމްޑީޕީގެ މެމްބަރުންނާއި، ބައްދަލު ކުރުމަށެވެ. ފައްޔާޟުގެ ޓީމުން ހުވަދޫގައި ހަރަކާތްތެރިވާއިރު، އޭނާއާއި ވާދަކުރާ އިންތިގެ ޓީމުން ދަނީ ކ.އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.