އާޒިމް، އަސްލަަމަށް: ޝަރުތު ކަނޑައެޅުމަކުން ނުނިމޭނެ

އާޒިމް، އަސްލަަމަށް: ޝަރުތު ކަނޑައެޅުމަކުން ނުނިމޭނެ

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2022 03:31
0

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލެވޭ މީހުންނަށް ކަނޑައަޅާފައިވަނީ ހަތަރު ޝަރުތެއް ކަމަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގައި ބަލާނީ މައިގަނޑު ހަތަރު ޝަރުތަކަށް ކަމަށާއި ގެދޮރު ނެތް މާލޭ ރައްޔިތެއް ކަމުގައި ވީނަމަވެސް ގޯތި ދޫކުރާނީ ދިރިއުޅުމުގެ ހާލަތާއި އުމުރު ބަލާފައި ގެދޮރު އިމާރާތް ކުރުމުގެ ފެންވަރު ހުރި މީހުންނަށް ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އާޒިމް ވިދާޅުވީ، މިނިސްޓަރ އަސްލަމް ވިދާޅުވާ ޝަރުތު ތަކެއް ކަނޑައެޅުމަކުން ގޯތި ލިބުނުކަމަށް ނުވާނެކަމަށެވެ. މާލެ މީހުންނަށް ގޯތި ލިބުނުކަމަށް ވާނީ ގޯތި ކަނޑާފައި މާލޭ ރައްޔިތުންނަށް ގޯތި ދިނުމުންކަމަށް އާޒިމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް، ސަރުތު ކަނޑައެޅުމަކުން ނުނިމޭނެ. މާލޭ މީހުންނަށް ތިތަންތަން ދިނުމުމް ކަމެއްކުރިކަމަށް ވާނީ، ދެއްތޯ؟

– އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ މީގެ ކުރިންވެސް މަޖިލީހުގެ އެކި ޖަލްސާތަކުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ނުފުއްދި ލަސްވަމުންދާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިނިސްޓަރ އަސްލަމަކީ، މަޖިލީހުގައި މާލޭ ރައްޔިތުންނަށް ގޯތި ދިނުމާއި ގުޅޭގޮތުން އެކި ގޮތަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް މިހާތަނަށްވެސް މާލޭ ރައްޔިތުންނަށް ގޯތި ދީފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ، އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތައް ޙާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފުވަނީ އޭގެ ލާ ނިހާޔަތުގައިކަމަށެވެ. މިހާތަނަށްވެސް ކުރެވެމުން އައި އިޙުސާސަކީ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ކުރެވުނު ކަންކަމަށްވުރެ، ގިނަ ވާހަކަ ދެއްކޭ ކަމުގެ އިޙުސާސްކަމަށެވެ. ނަމަވެސް މާލޭ ސަރަޙައްދަށް ސަރުކާރުން ކަނޑައަޅާފައިވާ ބޯހިޔާވަހިކަމުގެ މި ސިޔާސަތުތަކާއެކު މި މަންޒަރު ބަދަލުކޮށްލާނެކަމަށެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދެވެހި ދަޢުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ.

– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުވެސް މާލެ ސިޓީ އެމްޑީޕީއަށް ގެއްލުނު އެންމެ ބޮޑު ސަބަބަކީ، މާލޭ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުންކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ވަކިރަށަކަށް ނިސްބަތްވީތީ، ވަކިނަސްލަކަށް ނިސްބަތްވީތީ، ވަކިކުލައެއް ހުރީތީ، ވަކި ސިޔާސީފޖކުރަކަށް ތަބާވާތީ ތަފާތެއް ނުކުރެވޭނެ، މާލޭވިޔަސް، ހިންނަވަރުވިޔަސް، މަގޫދޫކަމަށްވިޔަސް ތަފާތެއްނުކުރެވޭނެ، އެންމެންނާ މެދުވެސް ޢަމަލުކުރަންޖެހޭނީ އެއްހަމައަކުން.