ޖޭއެސްސީ ބަދަލުކުރަން ހުށައެޅީ ދީނީ ޖަމާޢަތްތައް ގެންނަން: ދޮންބިލަތް

ޖޭއެސްސީ ބަދަލުކުރަން ހުށައެޅީ ދީނީ ޖަމާޢަތްތައް ގެންނަން: ދޮންބިލަތް

ގުޅުންހުރި

ފަނޑިޔާރުން ޒިންމާދާރު ކުރުމުގެ މައްސަލަ ބެލުމަށް ގާނޫނު އަސާސީއިން އުފައްދާފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށައެޅުއްވި ބިލުގައިވަނީ ޖޭއެސްސީއަށް ދީނީ ޖަމާއަތްތައް ގެންނަންކަމަށް ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ ބަދަލުކުރުމަށް ޠާރިޤް ހުށައެޅުއްވި އެ އިޞްލާހަށް ތާޢީދުނުކުރާކަން ހާމަކުރައްވާ ފާޑުވިދާޅުވަމުން ދޮންބިލަތް ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް، އެތަނަށް އައްޔަންކުރުމަށް އިދިކޮޅުން ނިންމާފައިވަނީ ދީނީ ޖަމާޢަތް ގެނައުމަށްކަމަށެވެ. އޭގެ ތެރޭގައިި ދޮންދޫނި ޕްރީ ސްކޫލްގެ ޓީޗަރަކާއި އެހެން ބައެއް ޓީޗަރުންވެސް ހިމެނޭކަމަށް ދޮންބިލަތް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީ އިޞްލާހު ކުރާނީ އެމްޑީޕީންކަމަށާއި، އެ އިސްލާހު ގެނައުމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނީ އެމްޑީޕީއަށްކަމަށްވެސް ދޮންބިލަތް ވިދާޅުވިއެވެ.

ޖޭއެސްސީ އިޞްލާހުކުރުމަށް ޠާރީޤް ޤާނޫނު އަސާސީއަށް އިޞްލާހު ހުށައެޅުއްވުމުގެ މައިގަނޑު ސަބަބަކީވެސް ޖޭއެސްސީގެ އެތުރިފައިވާ ގޮތް ބަދަލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭކަމެއްކަމަށް ދެކޭތީކަމުގައި އޭނާ ވިދާޅުވެފައިވެއެވެ. އަދި އެކަން ފަސްކުރެވެން ނެތްކަމަށް ދެކެވަޑައިގަންނަވާތީ ޤާނޫނު އަސާސީ އިޞްލާހުކުރުމަށް މަޖިލީހަށް އިޞްލާހު ހުށައެޅުއްވީކަމަށްވެސް ޠާރިޤް ވިދާޅުވެފައިވެއެވެ.

ޖޭއެސްސީގައި ހިމަނަން ޠާރިޤި ހުށަހެޅުއްވި މެމްބަރުންނަކީ އުއްތަމަފަނޑިޔާރާއި ހައި ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ދަށު ކޯޓްތަކުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ވަކީލަކާއި ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންގެ ތެރެއިން އިންތިޚާބުކުރާ ބޭފުޅަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ތަޖުރިބާކާރު ބޭފުޅެކެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނަމަ ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭނެއެވެ. ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ