ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މީގެ ކުރިން ފާހަގަވި ނޫސްވެރިޔާ، ހައްވާ މުހައްމަދު (ހައްވި)އަށް ސިޔާސީ މަގާމެއް ދީފިއެވެ.
އޭނާ އައްޔަން ކޮށްފައި ވަނީ އެންވައިރަމެންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށެވެ. އޭނާއަށް މަހު މުސާރައިގެ ގޮތުގައި 15،000ރ. ލިބޭނެއެވެ. އަދި އެލަވެންސްގެ ގޮތުގައި 10,000 ރުފިޔާގެ އިތުރުން ފޯން އެލަވަންސަށް 500ރ. ލިބޭނެއެވެ.
ހައްވަ ވަނީ ރާއްޖެ ޓީވީގައި މަސައްކަތް ކުރުމަށްފަހު، ސީއެންއެމްގައިވެސް މަސައްކަތް ކޮށްފައެވެ. މީޑިއާގައި ގިނަ ތަޖުރިބާތަކެއް ހޯދައިފައިވާ ހައްވައަށް ވަނީ މި ދާއިރާއިން ބައިނަލްއަގްވާމީ އެވޯޑެއް ކަމަށްވާ ވިމެން އައިކަން އިން ދޭ "ވިމެން އިން މީޑިއާ" އެވޯޑު ލިބިފައެވެ.
ހައްވައަށް މިމަޤާމު ދީފައިވާއިރު، މިސަރުކާރުންވަނީ ރާއްޖެ ޓީވީގައި ކުރިން މަސައްކަތްކުރި ގިނަ ނޫސްވެރިންނަށް ސަރުކާރުގެ އެކި ވުޒާރާތަކުގެ މީޑިޔާގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ