ވެކްސިން ޖަހައިގެން ގަދަޔަށް ކަސްރަތު ނުކުރުމަށް އިލްތިމާސްކޮށްފި

ވެކްސިން ޖަހައިގެން ގަދަޔަށް ކަސްރަތު ނުކުރުމަށް އިލްތިމާސްކޮށްފި

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2022 03:27
0

ކޯވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށްފަހު ދެ ހަފްތާވަންދެން ކަސްރަތުކުރުން އެދެވިގެން ނުވާކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮފް އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރ ޑރ.އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ވެކްސިން ޖަހައިގެން ކަސްރަތުކުރުމުގެ ރައްކާތެރިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދަނީ ވާހަކަދެކެވެމުންނެވެ. މި ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވެން ފެށީ ޓެކް ދާއިރާގެ ރާއްޖޭގެ މަޝްހޫރު ބޭފުޅެއްކަމަށްވާ އަހްމަދު ރިޔަޒީ މުހައްމަދު (ޑާޑި) ވެކްސިން ޖެއްސެވިތާ ތިން ގަޑިއިރެއްހާއިރު ފަހުން އަވަހާރަވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ބައެއް މީހުން ސުވާލު ޓްވިޓާގައި އެހުމުން ޑރ.ފައިސަލް ވިދާޅުވީ ވެކްސިންޖެހުމަށްފަހު 2 ހަފްތާ ވަންދެން ގަދައަށް ކަސްރަތުކުރުން މެދުކަނޑާލުން އެދެވިގެންވާކަމަށެވެ.

ވެކްސިން ޖެހުމަށްފަހު ގަދަޔަށް ކަސްރަތުކޮށްފިނަމަ ހަޓް އެޓޭކް ޖެހުންފަދަ ސިއްޙީ މައްސަލަތަކާ ކުރިމަތިވާކަމަށް ސިއްޙީ ބައެއް މާހިރުން ވިދާޅުވެއެވެ. ރާއްޖޭގައި ކޯވީޑްގެ ކޭސްތައް މައްޗަށް އަރާފައިވާއިރު، ބޫސްޓަރ ޑޯޒް ޖެހުންވެސް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.