ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ޢާންމުކޮށް ހުލުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަން ފެށުމާއި ގުޅިގެންނެވެ.
ކޯވިޑް ކޭސްތައްވެސް ވަރަށް ބޮޑަށް އިތުރުވެފައިމިވާ ދަނޑިވަޅުގައި ސަރުކާރުން ވަނީ ވީހާވެސް ގިނަބަޔަކު ބުސްތަރ ޑޮޒް ޖެހުމަށް އިލްތިމާސްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ކޯވިޑްގެ އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް އަޅަން އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ބޫސްޓަރ ޑޯޒް ކަމަށެވެ. އެހެންކަމުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށް 6 މަސް ފުރިހަމަވެފައިވާ ފަރާތްތަކުން އަވަހަށް ބޫސްޓަރ ޑޯޒް ޖެހުމަށް ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.
The best defense against Covid19’s Omicron variant is to boost our vaccine immunity.
Our booster vaccine program is now open to the public. If you’ve had six months pass since your second dose, please go get your booster shot now.
— Ibrahim Mohamed Solih (@ibusolih) January 15, 2022
މީގެ ކުރިން ބޫސްޓަރ ޑޯޒް ޖަހައިދެމުން ގެންދިޔައީ ހަމައެކަނި ޚާއްސަ ކެޓަގަރީތަކަށް ނިސްބަތްވާ މީހުންނަށެވެ. އެގޮތުން ކޯވިޑްގެ ޙާލަތުގައި އިސް ސަފުގައި ޙަރަކާތްތެރިވާ މީހުންނަށާއި ބައްޔަކާ ގުޅިގެން ނުވަތަ ގުނަވަން ބަދަލުކުރުމުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށެވެ. އެހެންނަމަވެސް އެވްރެޖްކޮށް ދުވާލަކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 1000އާ ގާތްވުމުގެ ސަބަބުން އެޗްޕީއޭއިންވަނީ ބޫސްޓަރ ޑޯޒް ޖެހުމަށް ޢާއްމުނަށް ހުޅުވާލާފައެވެ. ވެކްސިންޖެހުމަށްBook.hpa.gov.mv މެދުވެރިކޮށް ރަޖިސްޓަރވާން ޖެހެއެވެ.
ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ދަމަނަވެއްޓާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލާއި ދަރުބާރުގެއިންނެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހަންޖެހޭ އާބާދީއަށް ނިސްބަތްވާ ހުރިހާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.