މި ހަފްތާގެ ބުރާސްފަތި ދުވަހު އެކަނިވެސް 88,376 މީހުން ކޯވިޑަށް ޕޮސިޓިވްވެ، އިންގިރޭސިވިލާތުގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މަތި ވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ކަންބޮޑުވާން ޖެހޭ މިންވަރަށް އޮމިކްރޯން ވޭރިއެންޓް ފެތުރުމެން ދަނިކޮށް، މިއީ، ރެކޯޑް މިވަރަކަށް ކޯވިޑަށް މީހުން ޕޮޒިޓިވްވި ދެވަނަ ދުވަހެވެ.
އިނގިރޭސިވިލާތުގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވަމުން ދާއިރު، އެގައުމުން މީހުން އެތެރެވުން އިތުރަށް ހަރުކަށި ކުރަން ފްރާންސުންވަނީ ނިންމާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮމިކްރޮންޓް ވޭރިއެންޓް ފެތުރެމުންދާއިރު، ދެކުނު ކޮރެއާއިންވަނީ، ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިން ދިންތާ 6 ހަފްތާފަހުން، އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން އަލުން ފިޔަޅުވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާކަން އިއުލާން ކޮށްފައެވެ.
މީގެ 3 ހަފްތާކުރިން ދެކުނު އެފްރިކާއިން ފެނުނު އޮމިކްރޮން ވޭރިއެންޓް މިހާރު ދުނިޔޭގެ 77 ގައުމަކުން ފެނިފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި ގިނަ ގައުމުތަކުން މިހާރުވަނީ، ވޭރިއެންޓް ފެތުރުން ކޮންޓްރޯލް ކުރުމަށް ބޯޑަރުތައް އަލުން ބަންދުކުރަން ފަށާފައެވެ.
އިނގިރޭސިވިލާތުގައި އޮމިކްރިން ވޭރިއެންޓް ނުރައްކާ ބޮޑުވަމުންދާއިރު، އިޓާލީގައިވެސްވަނީ ދުވާލަކު ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް މަތިވާން ފަށާފައެވެ. މިގޮތުން އިއްޔެ 23,195 މީހުން ޕޮޒިޓިވް ވެފައިވާ ވާއިރު މިއަދު 26,109 މީހުން ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ކަމާބެހޭ މުވައްސަސާތަކުން ވަނީ ހާމަ ކޮށްފައެވެ.
އަދި ޑެންމާކުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުން މިހާރުވަނީ އޮމިކްރޮން ވޭރިއެންޓުގެ 3000 ކޭސް ފެނިފައެވެ.
ކޮމެންޓު ފޮނުވާ