ކަރަންޓުގައި ޖެހި އަދާރަން ރަންނާޅި ރިސޯޓުގެ މުވައްޒަފަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އިއްޔެ 6:30 ހާއިރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ސްރީލަންކާގެ ފިރިހެނެއް ކަމަށެވެ. މި މީހާ މަރުވި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 8:00 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުުހުން ވިދާޅުވީ ކަރަންޓުގައި ޖެހުނު މީހާ މާފުށި ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެ ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ފަހުން ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ