އިންޑިއާއާއި އޮތް ގުޅުން ފިތުނަކުރުމަށް ހިންގާ ހަރަކާތަކީ ސަލާމަތަށްއޮތް ނުރައްކަލެއް: އަސްލަމް

އިންޑިއާއާއި އޮތް ގުޅުން ފިތުނަކުރުމަށް ހިންގާ ހަރަކާތަކީ ސަލާމަތަށްއޮތް ނުރައްކަލެއް: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
29 ނޮވެމްބަރ 2021 09:18
0

ރާއްޖެއާއި އިންޑިއާއާއިއެކު އޮތް ގާތް ގުޅުން ހީނަރު ކުރުވައި، ދެޤައުމު ޖައްސައި އިދިކޮޅު ފަރާތްތަކުން އިސްވެތިވެ ހިންގާ ހަރަކާތަކީ ދިވެހިރާއްޖޭގެ ސަލާމަތަށްއޮތް ނުރައްކަލެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަމެއް ހިމެނޭތޯ ބަލައިދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު ޢާދަމް ޝަރީފު ހުށަހަޅުއްވި މައްސަލާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެދިވަޑައިގެންނެވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ނެތްކަން ކަށަވަރުކުރުމުގެ ބޭނުމުގައި އިތުރު ތިލަފަޅުގެ އެއްބަސްވުން ބެއްލެވުމަށްކަމަށާއި، ނަމަވެސް ދިވެހި ދަޢުލަތުން އުތުރު ތިލަފަޅު ތަރައްޤީ ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާކަމަށެވެ.

ޑޯނިއާ އާއި ގުޅިގެން އޮތީ އެމްއޯޔޫއަކާއި ލެޓަރއޮފް އެކްސްޗޭންޖެއްކަމަށާއި، އެއްބަސްވުމެއް އޮތްނަމަ އޮތީ 2016ވަނަ އައަހަރު އެކުލަވާނެވުނު ޑިފެންސް ކޯޕަރޭޝަންގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަލާމާތީ ޚިދުމަތްތަކާއި ބޭހޭކޮމިޓީން އާދަމް ޝަރީފްގެ ހުށައެޅުމަށް ބަލައި ފަހުމުވިގޮތަށް އެއާގުޅުންހުރި އެއްބަސްވުންތައް އެ ކޮމިޓީއަށް ގެނެސް ބަލަން ފުރުސަތުދީފައިވަނީ ހުށައެޅުނު ކަމުގެ ބާވަތުން އެއީ ކޮމިޓީން ކުރަންޖެހޭ ކަމަކަށްވާތީކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދަޢުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވައި ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މެންބަރު ޢާދަމް ޝަރީފްފަދަ ބޭފުޅަކު ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަވާތީ ކަންބޮޑުވާކަމަށާއި، އެއްބަސްވުންތަކެއްގައި ނުރައްކާކަންތައްތަކެއް ހިމެނޭކަމަށްބުނެ އަވައްޓެރި އިންޑިއާ އާއި ގުޅުވައިގެން އިދިކޮޅު ފަރާތަކުން ހިންގަމުންދާ އަމަލުތަކާމެދު ކަންބޮޑުވާކަމަށެވެ.

ސިޔާސީ ކަންކަން ކުރަންވާނެ، ސިޔާސީ ގޮތުން ދައްކަންޖެހޭ ވާހަކަތައް ދައްކަންވެސްވާނެ. ނަމަވެސް ދޭދޭ ޤައުމުތަކުގެ މެދުގައި، ވަކިން ޚާއްސަކޮށް ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދުގައި މިއޮތް ގާތް ގުޅުމަށް ބުރޫއާރާގޮތަށް ދޮގު މަޢުލޫމާތު ފަތުރައިގެން މިއުފައްދާ ބޮޑު ފިތުނައަކީ ގޯހުން ގޯހަށް ހިނގައިދާނެކަމެއް. މި ފިތުނައަކީ ދިވެހިރާއްޖޭގެ ސަލާމަތަށްއޮތް ނުރައްކަލެއްކަމަށް ދަންނަވަން.

– އަސްލަމް ވިދާޅުވިއެވެ.

މި ބަހުސްގައި އިދިކޮޅު މެންބަރުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ 241 ކޮމިޓީން މައްސަލަ ދިރާސާކުރި އިރު އެބަސްވުމުގައި ހިމެނޭ ވަކިވަކި ބައިތަކެއް މަޖިލީހަށް ގެނެސް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދެއްކާފައިވާކަމަށްބުނެ ހުރި ކަންބޮޑުވުންތަކެވެ. އަދި އެއްބަސްވުންތައް އަތަށްދީފައިނުވާކަމަށް އެމެންބަރުން ބުނަމުން ދިޔައެވެ.

މި ރިޕޯޓާއި ގުޅިގެން ވާހަކަދެއްކެވި ސަރުކާރަށް ތާޢީދުކުރާ މެންބަރުންވަނީ އަދުގެ ސަރުކާރުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެފަދަ އެއްވެސްކަމެއް ނުކުރާނެކަން 241 ކޮމިޓީގެ ރިޕޯޓުން ހާމަވާކަން ފާހަގަކުރައްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން މިކަމުގައި ފަތުރަނީ ސައްޙާނޫން ވާހަކަތަކެއްކަން އެނގޭކަން ފާހަގަކޮށް އެމްބަރުންވަނީ އިންއާ ގުޅުވައިގެން މަގުތަކަށް ނިކުމެ ކުރާކަންކަމަށް ރައްދުދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
ބަޔަކު މީހުން އިންޑިއާއަށް ވިކިގެން ބަރުލަމާނީ ގެނެސްގެން މުޅި އުމުރު ވެރިކަމުގަ ތިބުމަށް މި ކުރާ މަސައްކަތަކީ ދިވެހިންނަށް ކުރިމަތި ވެފައިވާ ބޮޑު ވަބާއެއް. މި ކަމަށް އެންމެ ބޮޑަށް ބަނޑުކެނޑިގެން ދުވަނީ ބޯވެސް ހަމަނުޖެހޭ ޣައްދާރެއް
ބ ބޮއް
މި ސަރުކާރު މި ގައުމުގާއޮތުމަކީ ސަލާމަތަށް އޮތް އެއްމެ ބޮދު ނުރައްކާ.
ހ ހެޔޮއެދޭ
މިވަގުތުު ދިވެހިރާއްޖެއައްް އޮތްް އެންމެެ ބޮޑުު ނުރައްކަލަކީީ ތަންދޮރުނޭގޭޭ ނުވިސްނޭޭ މޮޔަސަރުކާރެއްް އޮތުންް ކަންކަމުގައިި އަބަދުމެެ އަމިއްލަޖީބުު ފުރާލަންް މަސައްކަތްކުރާބަކައްް ގޮވޭނީމޮޔަަ ގައުމުދާނީި އޮޔާާ ދެންވާނީީ އަމިއްލަޔައްް އޮރިޔާންް