ބަންދުގައި ހުއްޓާ މަރުވި މީހާގެ މައްސަލާގައި ކަންހިނގިގޮތް ބަލައި ފިޔަވަޅު އަޅާނަން: ޕީޖީ

ބަންދުގައި ހުއްޓާ މަރުވި މީހާގެ މައްސަލާގައި ކަންހިނގިގޮތް ބަލައި ފިޔަވަޅު އަޅާނަން: ޕީޖީ

Author
މުޙައްމަދު ޖިމީ
08 އޮކްޓޯބަރ 2021 10:25
0

ބަންދުގައި ހުރި މީހަކު ފަރުވާދެމުން ދަނިކޮށް ނިޔާވި މައްސަލާގައި ކަންހިނގިގޮތް ބަލައި ފިޔަވަޅު އަޅާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވި ގައިދީ އަކީ މ. މަލަސް, އިސްމާއީލް ޝަބީން،46، އެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި އުފުލާ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލަށްލާފައިވާ މީހެކެވެ.

ޕީޖީ އޮފީހުން ބުނީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލާގައި ކަންވީގޮތް ބެލުމަށްފަހު މިއޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

އިސްޏާޢީލް ޝަބީންއަކީ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލުމަށް ދަތިތަކެއް ހުރުމުން ރޭ 19:00 ހާއިރުއެވެ. އޭނާ މަރުވީ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް 19:30 ގައި ކަމަށް ހޮސްޕިޓާލާ ހަވާލާދީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.

ޝަބީންއަކީ ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހެއްކަމަށްވެސް ކަރެކްޘަނުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަދުނާން (ތަބައް)
ވިހިތިރީސްފަހަރު އެކިބާވަތުގެ އަމަލުވާތަކިތި ވިއްކަނިކޮށް،، އަދި (ކަސިޕު) ބަނގުރާފަދަ ޝަރާބު ކައްކާ ވިއްކާ ބޮއި އުޅެނިކޮށް ހައްޔަރުކުރެވޭ ވަކިބަޔަކު "އައްޑަންއިރުތެރޭ މިނިވަންވޭ!" މިހުންނަނީ ބޮޑަތި އަޖައިބު! ނޫންތަ!