އިނގިރޭސި ރައްޔިތަކު ކިޑްނެޕްކޮށް، ރޭޕްކޮށް، މަރާލި އެގައުމުގެ ފުލުސް އޮފިސަރަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

އިނގިރޭސި ރައްޔިތަކު ކިޑްނެޕްކޮށް، ރޭޕްކޮށް، މަރާލި އެގައުމުގެ ފުލުސް އޮފިސަރަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

Author
ހުސެއިން
30 ސެޕްޓެމްބަރ 2021 04:43
0

އިނގިރޭސި ރައްޔިތެއް ކަމުގައިވާ ސާރާ އެވަރާޑް، މިއަރުގެ މާރޗްމަހުގެ 3 ވަނަ ދުވަހު، ކިޑްނެޕްކުރުމަށްފަހު އޭނާ ރޭޕްކޮށް، އަދި އޭނާ މަރާލުމުގެ ކުށް ސާބިތުވެ، އިނގިރޭސި ފުލުސް އޮފިސަރަކު ޕެރޯލްގެ ފުރުސަތު ނުލިބޭ ގޮތަށް އުމުރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ވޭއިން ކޯޒެންސް ނަމަކަށް ކިޔާ މި ފުލުސް އޮފިސަރު އުމުރުން 33 އަހަރުގެ ސާރާ އެވަރާޑް މާރޗް މަހުގެ 3 ވަނަ ދުވަހު ހައްޔަރު ކުރީ އޭނާގެ ރައްޓެއްސެއްގެ ގެއިން އޭނާގެ ގެއަށް އައުމުގެ މަގުމަތީގައި އޭނާ ކޯވިޑްގެ އުސޫލުތަކާއި ޚިލާފްވެފައިވާ ކަމަށް ބުނެއެވެ.

އަދި ޕޮލިސް އޮފިސަރު ސާރާ އެވަރާޑް ވެހިކަލަށް އަރުވައިގެން ގެންގޮސްފައިވަނީ އިނގޮރޭސި ވިލާތުގެ އިރު ދެކުނުގެ ހިސާބަކަށެވެ. އަދި އެއަށްފަހު އޭނާވަނީ، ސާރާ އެވަރާޑް ރޭޕް ކުރުމަށްފަހު އޭނާ މަރާލާ، އަދި އޭނާގެ ހަށިގަޑު އަންދާލާފައެވެ.

އިނިގިރޭސިވިލާތުގައި މަދުން ނޫނީ ނުއިއްވާ ހުކުމެއް ކަމުގައިވާ، ޕެރޯލްގެ ފުރުސަތު ނުލިބޭގޮތަސް ފުލުސް އޮފިސަރު އުމުރަށް ޖަލަށް ލާން ހުކުމް ކުރިއިރު، އޭނާވަނީ، ސާރާ އެވަރާޑް ކިޑްނެޕްކޮށް، އަދި ރޭޕް ކުރުމަށްފަހު އޭނާ މަރާލާފައިވާ ކަމަށް ކޯޓުގައި އެއްބަސް ވެފައެވެ.

އިގިރޭސިވިލާތުގައި މަރުގެ މައްސަލަތަކުގައި އިއްވަނީ އުމުރު ދުވަހުގެ ޖަލުހުކުމެވެ. އެހެންނަމަވެސް، ކޯޓުން ޕެރޯލްގެ ދަށުން މިނިވަން ވުމަށް ފުރުސަތު ލިބުމުގެ ކުރިން ޖަލުގައި ހޭދަކުރަންޖެހޭ އެންމެ ކުރު މުއްދަތެއް ކަޑައެޅުމަކީ ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޯޓުން ޕޮލިސް އޮފިސަރުގެ މައްޗަށް އިއްވާފައިވަނީ، މުޅި އުމުރަށް ޖަލުގައި ހުންނަޖެހޭ ހުކުމެކެވެ. މިބާވަތުގެ ހުކުމްތަކަކީ އިގިރޭސިވިލާތުގައި ވަރަށް ބޮޑެތި ކުށްތަކަށް މެނުވީ ޚާއްސަކުރެވިފައިވާ ހުކުމްތަކެއް ނޫނެނެވެ. އަދި މި ހުކުމުގައި ހުންނަ މީހަކު ޖަލުގައި ހޭދަކުރަންޖެހޭ އެންމެ ކުރުމުއްދަތެއް ކަޑައެއް ނޭޅެއެވެ. އަދި އަމުދުން ޕެރޯލްއަށް ފުރުސަތު ލިބިގެނެއް ނުދާނެއެވެ.

އިނގިރޭސިވިލާތުގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިބާތުގެ އުމުރުދުވަހުގެ ޖަލު ހުކުމް 2021 ވަނަ އަހަރުގެ ޖޫންމަހާ ހަމައަށް އިނގިރސިވިލާތުގައި އިއްވާފައިވަނީ، އުމުރަށް ޖަލަށް ހުކުމް ކޮށްފައިވާ 7000 މީހުންގެ ތެރެއިން އެންމެ 60 މީހެއްގެ މައްޗަށެވެ.

އުމުރުން 33 އަހަރުގެ ސާރާ އެވަރާޑްއަކީ މާރކެޓިންގ އެގްޒެކެޓިވް އެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އަންހެނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.