ގަޑި ބުރު ހަދާނެ ބަޔަކު ހޯދަނީ

ގަޑި ބުރު ހަދާނެ ބަޔަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2021 12:42
0

މާފަންނު ގަޑިބުރު (ނުވަތަ ޒަކީ ބުރުޒު) ހަދައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެކައުންސިލުން ހޯދަނީ މާފަންނު ގަޑިބުރު އަމިއްލަ ޚަރަދުގައި ހަދައިދޭނެ ބައެއް ކަމަށެވެ. އަދި މި މަސައްކަތް ކޮށްދިނުމަށް އެދި ހުށައެޅޭނީ ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާފަންނު ގަޑިބުރަށް ގެންނަނީ ކޮން ބަދަލެއްކަމެއް ސިޓީ ކައުންސިލަކުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ގަޑިބުރު ހަދައިދޭން ޝައިގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މާފަންނު ގަޑިބުރަކީ ނަވާރަސަތޭކައިގެ ތެރޭގައި ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ. އެހެންނަމަވެސް އެތަނުގައި މިހާރު އެގަޑިއެއް ނެތެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު މައުލޫމާތު ސެޝަނެއް ބާއްވާނެ ކަމަށެވެ. އެ ސެޝަން އޮންނާނީ ކައުންސިލްގެ އިދާރާގައި އެދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.