ކުރީގެ އޭސީސީގެ ގިނަ މެމްބަރުން އެއްފަހަރާ އިސްތިއުފާ ދީފައިވަނީ މަގާމުން ވަކި ކޮށްފާނެކަމުގެ ބިރަށް

ފުރަތަމަ ކުއާޓާގައި އޭސީސީން ދަޢުވާކުރަން ފޮނުވީ އެންމެ 3 މައްސަލަ

ފުރަތަމަ ކުއާޓާގައި އޭސީސީން ދަޢުވާކުރަން ފޮނުވީ އެންމެ 3 މައްސަލަ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން އަހަރުގެ ފުރަތަމަ ކުއާޓާގައި، ދަޢުވާ ކުރުމަށް ޕީޖީ އޮފީފަށް ފޮނުވުނީ އެންމެ 3 މައްސަލަ ކަމުގައި އޭސީސީން ބުނެފިއެވެ.

އަހަރުގެ ފުރަތަމަ ކުއާޓާގެ ގޮތުގައި ބަލާ، ޖެނުއަރީން މާޗރްގެ ނިޔަލަށް އޭސީސީން ތަޚްޤީގު ނިންމާ ދައުވާ ކުރަން ހުށަހެޅި މައްސަލަތަކަކީ "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ޙައްޤު ނޫން ފަރާތްތަކަށް ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓް ދޫކުރި މައްސަލައެވެ.

މީގެ އިތުރުން ފޮނުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ހެވީ ވެހިކަލް ހޯދުމަށް ބަޔަކާ ހަވާލުކޮށްފައި އިއުލާން ކުރި މައްސަލައިގެ އިތުރުން އެސްޓީއިން މުއްދަތު ހަމަވެފައިވާ ބޭހެއް 2016 ގައި އެތެރެކުރުމަށް ފަހު، އެ ކުންފުނިން އޭގެ އިތުރު ބެޗެއް 2018 ގައި އޯޑަރުކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ.

އޭސީސީގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އޭސީސީންވަނީ ޖުމްލަ 961 މައްސަލައެއް ބަލައި ނިންމާފައެވެ. މި ޢަދަދަކީ 2019ވަނަ އަހަރާ އަޅާބަލާއިރު %35 އިތުރު އަދަދެކެވެ. 2020ވަނަ އަހަރު ދަޢުވާ ކުރުމަށްޓަކައި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 15 މައްސަލައެއް ފޮނުވާފައިވާއިރު، މިއީ ފާއިތުވި ތިންއަހަރުތެރޭ އެ ކޮމިޝަނުން ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަތައް ފޮނުވި އެންމެ ގިނައަދަދުކަން ކޮމިޝަނުން ފާހަގަކުރެއެވެ.

ޕީޖީ އޮފީހަށް ފޮނުވިި މައްސަލަތަކުގެ ތެރޭގައި ތަޙުޤީޤީ އެހެން އިދާރާތަކާ ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަންތަކުން ދަޢުވާ ކުރުމަށް ފޮނުވި 4 މައްސަލައެއްވެސް ހިމެނޭކަމަށާ، ދައުވާކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ ގިނަކަން އޭސީސީން ފާހަގަކުރައްވައެވެ.

އޭސީސީއާ މެދު މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެ މެމްބަރުން މަގާމާ ހަވާލުވެވަޑައިގަތްއިރު 800 އަށް ވުރެ ގިނަ މައްސަލަ އޮތް ކަމަށާއި އިންވެސްޓިގޭޓަރުން އަންނަނީ ތަހުގީގުތަކުގައި ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *