ފެލިވަރުން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 150 އަށް

ފެލިވަރުން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 150 އަށް

މަސްފެކްޓްރީ ފެލިފަރުން ކޯވިޑް-19 އަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 150 އަށް އަރައިފި އެވެ.

މީގެތެރޭގައި އިއްޔެ ފެލިވަރުން ޕޮޒިޓިވްވީ 76 މީހުންވެސް ހިމެނެއެވެ. ޅ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ކޯވިޑް ބަލިމަޑުަކަން ފެތުރެމުންދާއިރު ފެލިވަރުން މި ބައްޔަށް ބަޔަކު ޕޮޒިޓިވްވެ ފެލިވަރު މޮނިޓަރިންއަށް ލާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ފެލިވަރުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ސާމްޕަލް މިހާރު ނަގާފައިވާއިރު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމަށެވެ.

މިފްކޯއިން ބުނީ ޕޮޒިޓިވްވީ އެންމެންގެ ހާލުވެސް ރަނގަޅުކަމަށާއި ޕޮޒިޓިވްވީ ހުރިހާ ސްޓާފުންނަށްވެސް ފެލިވަރުގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދާކަމަށެވެ.

މިފެކޯއިން ބުނެފައިވަނީ މިފްކޯގެ ހުރިހާ ސައިޓްތަކުގައި އަމަލު ކުރަމުންދަނީ އެޗްޕީއޭގެ ގައިޑްލައިން ތަކާއި އެއްގޮތަށް އެކުލަވާލެވިފައިވާ އެސްއޯޕީއެއްގެ ދަށުންކަމަށެވެ. އަދި މިފްކޯގެ މުވައްޒަފުންގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެންމެ އިސްކަންދީގެން މަސައްކަތް ކުރާކަމެއް ކަމުގައިވެސް މިފްކޯއިން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *