ނިއުޒިލޭންޑުގެ އައްސެރިފަށުގެ އިރުއުތުރުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުން އައިސްފައިވަނީ، އައްސޭރިފަށުގެ ވަރަށް ތިލަ ސަރަހައްދަކުން ކަމަށްވާތީ ސުނާމީއެއް އަތުވެދާނެކަމުގެ އިންޒާރުވެސް، ނިއުޒިލޭންޑުގެ ނޭޝަނަލް އެމަރޖެންސީ މެނޭޖްމަންޓް އޭޖެންސީން ވަނީ ދީފައެވެ.
އެހެންނަމަވެސް، ރަސްމީ އިދާރާތަކުން ފަހުންވަނީ، ސުނާމީގެ އިންޒާރު ނަގާފައެވެ.
ބިންހެލުން އައުމާއެކު، އައްސޭރިފަށުގައި ދިރި އުޅެމުންދާ ފަރާތްތަކަށް ނިއުޒިލޭންޑުގެ ސަރުކާރުންވަނީ، އުސް ބިންތަކަށް ދިއުމަށް އިރުޝާދު ދީފައެވެ. އެހެންނަމަވެސް، އޭގެ ގަޑިއިރުތަކެއް ފަހުން، އެބުރި ގެތަކަށް ދިއުމުގެ މައްސަލައެއް ނެތްކަމަށް ވަނީ އަންގާފައެވެ.
"މި ބިންހެލުމުގެ ސަބަބުން، ސުނާމީއެއް އެރުމުގެ ނުރައްކަލެއް މިހާރަކު ނެތް،" ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
Based on current scientific advice and information from coastal tsunami gauges there is no longer a threat to land areas. People who have evacuated can now return home.
— National Emergency Management Agency (@NZcivildefence) March 4, 2021
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (USGS)އިން ބުނެފައިވަނީ، ބިންހެލުން އައިސްފައިވަނީ، ނިއުޒިލޭންޑްގެ ގިސްބޯން ސިޓީގެ ގަޑީން ހުކުރު ދުވަހުގެ ރޭގެ ދަންވަރު 2:27 ގައި، އެސިޓީގެ އިރު އުތުރުން 180 ކިލޯ މީޓަރު ދުރު ސަރަހައްދަކަށެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (USGS)އިން އެންމެ ފުރަތަމަ މި ބިންހެލުން ގިންތި ކޮށްފައިވަނީ، ބާރުމިނުން 7.3 މެގްނިޓިއުޑްގައެވެ. އެހެންނަމަވެސް، ފަހުންވަނީ، 6.9 އަށް ބިންހެލުމުގެ ބާރުމިން ދަށް ކޮށްފައެވެ. އަދި އެ އިދާރާއިން ބުނެފައިވަނީ، ބިންހެކުން އައިސްވަނި، ބިމުގެ އަޑިން 10 ކިލާމީޓަރުން ފުނުން ކަމުގައިވާތީ، މި ބިންހެލުމަކީ ނިސްބަތުން ތިލަ ސަރަހައްދަކަސް އައިސްފައިވާ ބިންހެލުމެއް ކަމަށެވެ.
ބިންހެލުމުގެ އެޕިސެންޓަރއާއި އެންމެ ކައިރި ސަރަހައްދަކީ 35،500 މީހުންގެ އާބާދީއެއް އޮންނަ ގިސްބޯން ސިޓީއެވެ. މިސިޓީގައި ދިރިއުޅޭ ރައްޔިތުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އާދައިގެ ވަރަކަށް ގެތައްކަށް ގުޑުން އަރާފައި ވެއެވެ.
ނިއުޒިލޭންޑް ސަރުކާރުގެ ސެއިސްމިކް މޮނިޓަރ ޖިއޯނެޓްއިން މި ބިންހެލުން ގިންތި ކޮށްފައިވަނީ ބާރުމިނުން 7.2 މެގްނިޓުއުޑުގައި، ބިމުގެ އަޑިން 94 ކިލޯ މީޓަރު ފުނުން އައި ބިންހެލުމެއްގެ ގޮތުގައެވެ.
ބިންހެލުން އައި ސަރަހައްދުގައި އަދިވެސް "އާފްޓަރ ޝޮކްތައް" ރެކޯޑް ކުރެވެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ