ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ހޮނިހިރު ދުވަހުގެ ރޭ ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ފުރުއްވައިފިއެވެ.
ރައީސް އޮފީހުން ދަތުރުގެ މަޤްޞަދާއި މުއްދަތު ހާމައެއް ނުކުރެއެވެ. މި ދަތުރުގައި އެއްވެސް ރަސްމީ ބައްދަލުވުމެއް ބާއްވަވާނެ ކަމަށް ވެސް އިއުލާނެއް ނުކުރެއެވެ.
ރައީސާއި ފަސްޓް ލޭޑީ މީގެ ކުރިން ވެސް ނުރަސްމީ ދަތުރުތަކުގައި ސިންގަޕޫރަށް ވަޑައިގެން، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރައްވާފައިވެއެވެ. ސިންގަޕޫރަކީ ދިވެހި ދަރިވަރުންނާއި މަސައްކަތްތެރިން ދިރިއުޅޭ، އަދި ފަރުވާއަށް ދިވެހިން ގިނައިން ދަތުރުކުރާ ޤައުމެކެވެ.
ރައީސް ރާއްޖެ އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ވެސް އަދި ހާމައެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ