ޕާކިސްތާނުގެ މަޝްހޫރު ޓިކްޓޮކް ތަރި އައިޝާ ގިލާމަނާ ބަޑިޖަހައި މަރާލައިފި

ޕާކިސްތާނުގެ މަޝްހޫރު ޓިކްޓޮކް ތަރި އައިޝާ ގިލާމަނާ ބަޑިޖަހައި މަރާލައިފި

Author
އަހުމަދު
18 އޮގަސްޓް 2026 10:39
0

ޕާކިސްތާނުގައި ސޯޝަލް މީޑިއާގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޓިކްޓޮކް ތަރި ޝަމްސޯ ބީބީ، ނުވަތަ އާންމު ނަމުން އައިޝާ ގިލާމަނާ، އިސްލާމްއާބާދު ކައިރިން ބަޑިޖަހައި މަރާލައިފި އެވެ.

ހޯމަ ދުވަހު ހިނގި މި ހާދިސާގައި ނުދަންނަ ބަޔަކު ވަނީ އައިޝާ ދަތުރުކުރި ކާރަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި ސީރިއަސް ޒަޚަމްތަކެއް ލިބިގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ ވަނީ މަރުވެފައެވެ. މިއީ ކުރިއާލައި ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްލާމްއާބާދުގެ ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށާއި، ފުރަތަމަ މައުލޫމާތުތަކުން ބެލެވެނީ މިއީ ފައިސާގެ މައްސަލައެއްގައި ދީފައިވާ ހަމަލާއެއް ކަމަށެވެ. ހަމަލާދިނުމަށްފަހު ފިލައިގެންދިޔަ މީހުން ހޯދުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާ، މަންޒަރު ދުށް މީހުންގެ ބަޔާން ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ޓިކްޓޮކްގައި ގިނަ އަދަދެއްގެ ފޮލޯވަރުން ތިބި އައިޝާ މަރާލި ޚަބަރާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި ހަމަލާދިން މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.