އިންޓަރ ގެ ޔަންގް ކޯވިޑަށް ވޮޒިޓިވް ވެއްޖެ

އިންޓަރ ގެ ޔަންގް ކޯވިޑަށް ވޮޒިޓިވް ވެއްޖެ

Author
އިބްރާހީމް ސާޢިދު
12 އޮކްޓޯބަރ 2020 08:01
0

އިޓަލީގެ އިންޓަރ މިލާނަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު އޭޝްލީ ޔަންގް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭނާ ޕޮޒިޓިވް ވުމާ ގުޅިގެން އިޓާލިއަން ސެރިއާގަ ވާދަވެރި އޭސީ މިލާނާ ދެކޮޅަށް މިމަހުގެ 17 ގައި ކުޅޭ މިލާންގެ ދެކުލަބުގެ ބޮޑު މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

އިންޓަރ މިލާނުންވެސް މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެޓީމުގެ އެޝްލީ ޔަންގްގެ ޕޮޒެޓިވް ވެފައިވާކަމަށާއި މިވަގުތު އޭނާ ހުރީ ގޭގައި ކަރަންޓީން ކުރެވިފައިކަމަށެވެ.

މީގެއިތުރުން އެޓީމުގެ ނައިންގޯލިން، ގަލިއާޑީނީގެ އިތުރުން ގޯލްކީޕަރު ލޮނަޓު ރަނޫ ވެސް ވަނީ ޕޮޒެޓިވް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.