އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް

އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް

Author
އަހުމަދު
01 އޮގަސްޓް 2026 04:28
0

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ 13 މެންބަރެއްގެ ސޮޔާއެކު ހުށަހެޅި މި މައްސަލައިގައި މައިގަނޑު ހަ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެއީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އުފުލުމާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުމާއި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އެޅުމާއި، އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުމުގެ އިތުރުން، އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވުމާއި، ބިޔަ މަޝްރޫއުތަކެއް އިއުލާން ކުރި ނަމަވެސް އެ މަޝްރޫއުތައް ހުއްޓިފައި ވުމެވެ.

އެމްޑީޕީގެ ހުށަހެޅުމުގައި ފާހަގަކޮށްފައި ވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި މާލީ ހާލަތު ދަތި ދަނޑިވަޅެއްގައި ރާއްޖެއިން ބޭރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްތަކަށާއި މަޝްރޫއުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ހޭދަކޮށްފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ. މީގެ އިތުރުން، ބަންކަރިންގެ ޚިދުމަތުން ފުރަތަމަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި 400 މިލިއަން ޑޮލަރު ނުލިބޭ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.