ވިލިމާލޭގައި ހެދިފައި ހުރި ބޮޑު ގަހެއް ނުއަގުގައި ކަނޑާލާފައިވާ މައްސަލައެއް ފެންމަތިވެ، އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ، ކަނޑާލާފައިވާ ގަހުގެ ފޮޓޯތަކާއެކު މީސްމީޑިއާގައި މީހަކު ހިއްސާކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓު އާންމުވުމާއެކު، އެއީ ކައުންސިލުން ހިންގި މަސައްކަތެއްތޯ ބެލުމަށް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
ސުވާލުތަކަށް ޖަވާބުދެއްވަމުން، މާލެ ސިޓީ ކައުންސިލްގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ބުނީ، ވިލިމާލޭގައި ހުރި އެ ބޮޑު ގަސް ކަނޑާލީ ކައުންސިލުން ނޫން ކަމަށެވެ. އަދި އެއީ ކައުންސިލުގެ އެއްވެސް ހުއްދައެއް އޮވެގެން ކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް ފާހަގަކުރި އެވެ.
ކައުންސިލުން އިތުރަށް ބުނީ، ގަސް ކަނޑާލި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި، އެފަދަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ