މާފަންނު ފްލެމިންގޯ ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބަކީ އޭސީގައި ރޯވުން

މާފަންނު ފްލެމިންގޯ ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބަކީ އޭސީގައި ރޯވުން

Author
އަހުމަދު
30 ޖޫން 2026 06:21
0

މާފަންނު ފްލެމިންގޯގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބަކީ އެތަނުގައި ހުރި އޭސީގެ އިންޑޯ ޔުނިޓެއްގައި ރޯވުން ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެންޑީއެމްއޭއިން މައުލޫމާތު ދޭގޮތުގައި، އަލިފާން ރޯވެފައިވަނީ މިވަގުތު މީހުން ދިރިނޫޅޭ، ހުސްކޮށް ހުރި އެޕާޓްމަންޓެއްގައެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލާފައެވެ. އަދި މިހާރު އެންޑީއެމްއޭގެ މުވައްޒަފުން ދަނީ އެތަނަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރަމުންނެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ބޭނުންނުކުރާ ނުވަތަ މީހުން ދިރިނޫޅޭ އެޕާޓްމަންޓްތަކުގައި ހުންނަ އޭސީ ފަދަ ކަރަންޓު އާލާތްތައް ނިއްވާލާފައި ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.