ހިޔާގެ އިތުރު 3 ޓަވަރެއްގައި އާ ލިފްޓުތައް ހަރުކޮށް އާންމުންނަށް ހުޅުވާލައިފި

ހިޔާގެ އިތުރު 3 ޓަވަރެއްގައި އާ ލިފްޓުތައް ހަރުކޮށް އާންމުންނަށް ހުޅުވާލައިފި

Author
އަހުމަދު
15 ޖޫން 2026 04:37
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން ޓަވަރު 13، 14 އަދި 15 ގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މިއަދު ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ވަނަ ޓަވަރު ފިޔަވައި އެހެން ހުރިހާ ޓަވަރެއްގައި މިހާރު ވަނީ އިތުރު ދެ ލިފްޓު ހަރުކޮށް ނިމިފައެވެ. އަލަށް ހަރުކުރެވުނު މި ލިފްޓުތަކަކީ ކުރިން ހުރި ލިފްޓުތަކާ ޚިލާފަށް، ބަލިމީހުން އުފުލާ ސްޓްރެޗާ އެރުވޭ ވަރުގެ ޖާގަ ތަނަވަސް، އަދި އެއްފަހަރާ 21 މީހުންނަށް ދަތުރުކުރެވޭނެ ބޮޑެތި ލިފްޓުތަކެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މި މަޝްރޫއަކީ، ލިފްޓު މަދުވުމުގެ ސަބަބުން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަރައިފޭބުމުގައި ދިމާވަމުންދިޔަ ބޮޑެތި ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން ފެށި މަސައްކަތެކެވެ. ހިޔާގެ ހުރިހާ ޓަވަރެއްގައި ޖުމްލަ 32 ލިފްޓް ހަރުކުރުމަށް ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ޚަރަދުވާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.