ޓެކްނިކަލް ޑައިވިންގ ރެގިއުލޭޓް ކުރުމަށް ސަރުކާރުން ހާއްސަ ގާނޫނެއް އެކުލަވާލަނީ

ޓެކްނިކަލް ޑައިވިންގ ރެގިއުލޭޓް ކުރުމަށް ސަރުކާރުން ހާއްސަ ގާނޫނެއް އެކުލަވާލަނީ

Author
އަހުމަދު
23 މެއި 2026 09:30
0

ރާއްޖޭގައި ޓެކްނިކަލް ޑައިވިންގއަށް ހުއްދަ ދިނުމަށާއި އެކަން ހަރުދަނާ އުސޫލެއްގެ ދަށުން ރެގިއުލޭޓް ކުރުމަށްޓަކައި ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ޓެކްރެކް ޑައިވިންގ އަށް ހާއްސަ ގާނޫނެއް ވުޖޫދަށް ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި، މިހާރު އެކަމުގެ ފުރަތަމަ މަޝްވަރާތައް ފެށިފައިވާ ކަމަށެވެ. ސަރުކާރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީފައި މިވަނީ، ވ. އަތޮޅުގައި އޮންނަ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައި އިޓަލީވިލާތުގެ ޑައިވަރުންތަކަކަށް ދިމާވި ނުރައްކާތެރި ހާދިސާއާ ގުޅިގެންނެވެ.

މުންދު ފާހަގަކުރެއްވި ގޮތުގައި ޓެކްނިކަލް ނުވަތަ ޓެކްރެކް ޑައިވިންގ އަކީ އާދައިގެ ޑައިވިންގއާ ހިލާފަށް ހާއްސަ އާލާތްތަކަކާއި ވަރަށް ބޮޑު ތަޖުރިބާއެއް ބޭނުންވާ ކަމެކެވެ. އެހެންކަމުން މިއީ ހަރުދަނާ ގަވާއިދުތަކެއްގެ ދަށުން ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވިގެން ކުރިއަށްގެންދަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރާއްޖޭގައި މިވަގުތު ތިބި ތަޖުރިބާކާރު މޮޅެތި ޑައިވަރުންނާއި އިންޑަސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ކަމާގުޅުންހުރި ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު ކުރެވޭ މަޝްވަރާތަކަށްފަހު، ލަސްތަކެއް ނުވެ ރާއްޖޭގައި ޓެކްރެކް ޑައިވިންގ އާ ގުޅޭ ގާނޫނެއް ފާސްވެ، ގަވާއިދުތަކެއް ހެދިގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.