ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މިއަހަރުގެ އަމީރުލްހައްޖު، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މައްކާގައި ތިބި ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި، އެ މީހުންގެ ޙާލު އޮޅުންފިލުއްވައިފިއެވެ.
ދިވެހި ޙައްޖުވެރިން ތިބޭ ބަލަދް އައްޠައްޔިބު އަޖިޔާދު ހޮޓަލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ޙައްޖުވެރިންނާ ގާތުން ވާހަކަދައްކަވައި، ކަންކަން ހިނގަމުންދާ ގޮތް އޮޅުންފިލުއްވާފައެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ މީހުންވެސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ގޮސްފައިވާއިރު، އެންމެންވެސް މިހާރު ވަނީ ޢުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ.
ޙައްޖުގެ މައިގަނޑު އަޅުކަންތައް އަދާކުރުމަށްޓަކައި، ދިވެހި ޙައްޖުވެރިން މައްކާއިން މަޝާއިރަށް (މިނާއަށް) ނުކުތުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމުގެ ޒިންމާ ސަރުކާރުން ހަވާލުކުރައްވާފައިވަނީ މިނިސްޓަރު ސަޢީދާއެވެ.
ކޮމެންޓު ފޮނުވާ