އީރާންގެ ނިއުކްލިއާ މަޝްރޫއު 20 އަހަރަށް މެދުކަނޑާލުން ފުދޭކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާންގެ ނިއުކްލިއާ މަޝްރޫއު 20 އަހަރަށް މެދުކަނޑާލުން ފުދޭކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

Author
އަހުމަދު
16 މެއި 2026 10:54
0

އީރާންގެ ނިއުކްލިއާ މަޝްރޫއު އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި، ކުރިއަށް އޮތް 20 އަހަރަށް އެ މަޝްރޫއު މެދުކަނޑާލުމުން ފުދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ޓްރަމްޕް ވަކާލާތު ކުރައްވަމުން ގެންދެވީ އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި، ޔުރޭނިއަމް މުއްސަނދިކުރުމާއި ހަތިޔާރު އުފެއްދުން ދާއިމީކޮށް ހުއްޓާލުމަށެވެ. ނަމަވެސް ރާގު ބަދަލުކުރައްވައި މިހާރު އެމަނިކުފާނު ވިދާޅުވަނީ މިއީ "ހަގީގީ 20 އަހަރު" ކަމުގައި ވާނަމަ، އެ މުއްދަތަށް މަޝްރޫއު ހުއްޓުމަކަށް ގެނައުމުން ފުދޭނެ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ވަނީ ހަމަލާތަކެއް ދީފައެވެ. ނަމަވެސް މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށްޓަކައި މިހާރު ވަނީ ހަމަލާބަދަލުކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ.

މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ޕާކިސްތާނުންނެވެ. އެހެންނަމަވެސް، މި ވާހަކަތަކުން އެދެވޭ ކުރިއެރުމެއް ނުލިބި ދިގުލައިގެންދާތީ، އީރާނާމެދު އޮތް ކެތްތެރިކަން ކުޑަވަމުންދާ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.