މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަ ކޮށްފި!

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަ ކޮށްފި!

Author
އަހުމަދު
13 މެއި 2026 08:45
0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އަހުމަދު ނާޒިމް ދުރުކުރުމަށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ނިންމައިފިއެވެ.

މި މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ އަދަދަށް މިހާރު ޕީޖީ ގުރޫޕުގެ ތެރެއިން ސޮއި ހަމަކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން 24 މެންބަރުންގެ ސޮއި ބޭނުންވި ނަމަވެސް، ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ އެކަމަށް ނަގާ ވޯޓެއްގައި ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

ޖުމްލަ 93 މެންބަރުން ހިމެނޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީ ތަމްސީލުކުރައްވާ 76 މެންބަރުން ތިއްބަވައެވެ. އެހެންކަމުން މިއީ އެ ޕާޓީއަށް ފަސޭހަކަމާއެކު ފާސްކުރެވޭނެ މައްސަލައެކެވެ. ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމާއެކު، މިއަދު ހެނދުނުގެ ވަގުތެއްގައި ޕީއެންސީގެ ރަސްމީ ވަޓްސްއެޕް ގުރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްފައެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ ނައިބު ރައީސްކަމަށް ނާޒިމް ވަޑައިގަތީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހު ނެގުނު ވޯޓުގައި 80 މެންބަރުންގެ ބޮޑު ތާއީދަކާއެކުގައެވެ. އޭނާއަކީ މީގެ ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ މަގާމު ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.