ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމެއްގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފިއެވެ.
މިފަދަ ފިޔަވަޅެއް އަޅާފައިމިވަނީ، ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތައް ބޮޑުވެ، އެކަމުގެ ނޭދެވޭ އަސަރު މަޖިލީހުގެ ތަޅުމަށްވެސް ފޯރާފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަތަކުގެ ތެރެއިން ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ޕާޓީގެ އެތެރެއިން މިހާރު ކުރިޔަށްދާ ކަމުގެ އަޑުތަކެއްވެސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
މި މައްސަލަތަކުގެ އިތުރުން، ޕީއެންސީގެ އެތެރޭގެ ނިޒާމުތައް ހަރުދަނާ ކުރުމަށްޓަކައި އާ ފިޔަވަޅުތަކެއް އެޅުމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، ޕާޓީން ނެރޭ ވިޕްލައިނާ ޚިލާފުވާ މެންބަރުންނާ މެދު ކުރިއަށް އޮތް ތަނުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެ ގްރޫޕުން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ